ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަރުލަމާނީ ނިޒާމަކަށް ދާން އުޅުމަކީ ކަނޑުކޮސް ކަމެއް: ޤާސިމް

ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ބަރުލަމާނީ ނިޒާމަކަށް ދާ ވާހަކަ ރައްޔިތުންގެ މަޖިލިސްތެރޭގައިވެސް ދެކެވެމުން ދާކަމަށާއި، ބަރުލަމާނީ ނިޒާމަކަށް ބަދަލުވެއްޖެނަމަ ދިވެހި ރައްޔިތުންގެ އަތުން ހުރިހާ ބާރުތަކެއް ލުހިގެން ދިޔައީ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީއާއި މެންބަރުންތަކެއް ގުޅުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ، ބަރުލަމާނީ ނިޒާމަކަށް ގޮސްފިނަމަ ބޮޑު ވަޒީރާއި ވަޒީރުންވެސް ތިބޭނީ މަޖިލީހުގައި ކަމަށެވެ. އަދި ކުޑަ ދާއިރާއަކުން ދުއިސައްތަ އެއްހާ ވޯޓު ހޯދައިގެން އަންނަ މީހާއަށްވެސް ބޮޑުވަޒީރުކަން ލިބިދާނޭކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.

އެމްޑީޕީއަށް ފާޑު ވިދާޅުވަމުން ޤާސިމް ވިދާޅުވީ، ބައެއް ބޭފުޅުންނަށް 65 ގޮނޑި ލިބުމުން މިކަން ކުރަން އުޅުނަސް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަކީ، ކަނޑުކޮސްކަމެއްކަމަށެވެ. އަދި އެ ފަދަ މޮޔަ ވިސްނުމެއްް ނުވިސްނުމަށް ޤާސިމް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ޤައުމުގެ މަސްލަޙަތު ގެއްލޭނެ ފަދަ ގޮތަކަށް ކަންކަން ނުކުރުމަށްވެސް ޤާސިމް އެދިލެއްވިއެވެ.

“ދާއިރާއަށް ގޮސް ވާހަކަ ދައްކާލާފަ، އެތާގަ އުޅޭ ދުއިސައްތަ، ހައިކަސްތޭކަ މީހުންނާއި ވާހަކަ ދައްކާލާފަ، ނިންމާލާފަ އައިމަ ނިމުނީ. އޭނާގެ ވައުދާ އަޙުދު އެއޮތީ ނިމިފަ. އޭނަ ހުންނާނެ ޕްރައިމް މިނިސްޓަރު ކަމުގަ. ދެން ކީއްތޯ ކުރާނީ؟ އެހެންވީމަ މިވަރުގެ ކަނޑުކޮސް ކަމަކާއި ދިމާއަށް ދާން ދިވެހިރާއްޖޭގެ ރައްޔިތުން އެތިބީ ހަމަ ކެތްމަދުވެފާ ހެއްޔޭ؟ “

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ކެންޑިޑޭޓެއް ނެރޭނެކަމަށާއި، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ކަނޑައެޅުމަށް މިހާރު އޮންނަ އުސޫލު ބަދަލުކޮށް ޖުމްލަ މެންބަރުންގެ ވޯޓަކުން ޓިކެޓް ހޯދާ ގޮތަށް ބަދަލުކުރައްވާނެ ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ. ޤާސިމް ވިދާޅުވީ މިވަގުތު އަސާސީ ޤަވާއިދު އޮތްގޮތުން ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ އެބޭފުޅަކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: