ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައި އިތުރަށް ނުސާފުވެ، އެޗްޕީއޭއިން ރަތް ސަމާލު ނެރެފި

މާލެ ސަރަހައްދުގެ ވައި ނުސާފުވެފައި/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވައި އިތުރަށް ނުސާފުވެ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ރަތް ސަމާލު އިއުލާނުކޮށްފިއެވެ.

މިއީ ބޮޑަށް ޖިއޮގްރަފީއާ ގުޅިފައިވާކަމަކަށް ވާތީ، ސްރީލަންކާގެ ފަރާތުން ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅުތަކަށް ފޯރާކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ. މިވަގުތު ރާއްޖޭގައި އެންމެ ވައި ނުސާފުވާން ފަށަނީ، ރާއްޖޭގެ އުތުރުންނެވެ.

މީގެ އިތުރުން، މިވަގުތު އެންމެ ބޮޑަށް ވައި ނުސާފުވެފައި ވަނީ މެދުރާއްޖެތެރެއަށްކަމަށް މެޓުން ވަނީ ބުނެފަ އެވެ.

ވައިގެ ނުސާފުވުމަކީ މޫސުމީކަމެއްގެ ގޮތުގައި ފާހަގަކޮށް މެޓް އޮފީހުން ބުނީ ކޮންމެ އަހަރެއްގެ ވެސް އިރުވައި މޫސުން ފެށުމުގެ ކުރިން، ވައިގެ މަތީ ފަށަލައާއި ތިރީ ފަށަލައިގައި ހުންނަ ވައި އިރު ނުވަތަ އިރުއުތުރަށް ބަދަލުވުމުން، ރާއްޖޭގެ ސަރަހައްދަށް ދުން ފުސް އުފެދޭ ކަމަށެވެ.

ރާއްޖޭގެ ސަރަހައްދަށް ދުން ފުސް އައުމުގެ ސަބަބެއް ކަމަށް މެޓުން ބުނެފައިވަނީ، މި ދުވަސްވަރު އެކަށީގެންވާ މިންވަރަށް ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން ދުން ފުސް އެކިއުމިލޭޓްވެފައިވާތީއެވެ.

މެޓުން ބުނި ގޮތުގައި، އާންމުކޮށް ވާރޭވެހުމުން، ދުން ފުހުގައި ހުންނަ ސަސްޕެންޑެޑް ޕާޓިކަލްސް ސާފުވާން ފަށާނެއެވެ. އަދި، މެޓުން ލަފާކުރާ ގޮތުގައި، މި ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން ގާތްގަނޑަކަށް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވިއްސާރަ ކުރާނެއެވެ. އަދި ވާރޭވެހުމުގެ ސަބަބުން ވައި ކޮންމެވެސް ވަރަކަށް ސާފުވެގެންދާނެކަމަށް ވަނީ ލަފާކޮށްފަ އެވެ.

އެހެންނަމަވެސް، ވައިގެ ކުއަލިޓީ އިތުރަށް ދަށްވެ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ރަތް ސަމާލު ވަނީ ނެރެފައެވެ.

މިކަމާއި ގުޅިގެން އެޗްޕީއޭއިން މައުލޫމާތު ދެމުން ބުނެފައިވަނީ، މާލޭ ސަރަހައްދުގައި ވައިގެ ކޮލިޓީ ހުރީ 120އަށް ވުރެ މަތީގައިކަމަށްވާއިރު، މާލޭގައި 123، ވިލިމާލޭގައި 163ގައި ހުރި ކަމަށް ބުނިއެވެ.

މީގެއިތުރުން، ރާއްޖެ ސަރަހައްދަށް އެންމެ ނުރައްކާ މިންވަރަށް ވައިގެ ކޮލިޓި ދަށްވެފައި ހުރީ ދ އަތޮޅު ކުޑަހުވަދޫގައިކަން ފާހަގަކުރެވެއެވެ.

ވައިގެ ކޮލިޓީގެ އިންޑެސްގެ 151-200 ގެ ދެމުދުގެ އަދަދުން، ރަތް ސަމާލު ނެރެވޭނެއެވެ. އެގޮތުން، ވައިގެ ކޮލިޓީ އިންޑެސް މިވަގުތު ހުރީ 170ގައެވެ.

މިއީ، އެންމެންނަށްވެސް ނުރައްކާވާާ މިންވަރަކަށްވާއިރު، ސިއްހީ ގޮތުން ނޭދެވޭ އަސަރުތައް ކުރުމާއި ފުއްޕާމެއާއި، ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ، ހުރިހާ އެންމެންނަށްވެސް ބޮޑު ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މީގ އިތުރުން، އެޗްޕީއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން، ސިއްހީ ގޮތުން ނާޒުކު ފައްތަރެއްގައި ތިބި ފަރާތްތަކުން ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި މެނުވީ ނުނިކުމެ، ނިކުންނަން ޖެހޭ ހާލަތްތަކުގައި މާސްކު އަޅައި، ވައި ނުވަންނާނެހެން ދޮރުތައް ލައްޕާ ބެހެއްޓުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: