ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިން ހަރުކަށި ފިކުރު “ކިޔަވަމުންދާ”ކަން ހަޔަރއެޑިއުކޭޝަން މިނިސްޓަރަކަށް އެނގިވަޑައެއް ނުގަންނަވާ

ހަޔަރއެޑިއުކޭޝަން މިނިސްޓަރ މަޖިލީހުގައި ވާހަކަދައްކަވަނީ: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭރު ގައުމުތަކުގައި ދިވެހިން ހަރުކަށި ފިކުރު ކިޔަވަމުންދާކަން ނުވަތަ އެ ކިޔަވައިގެން ރާއްޖެއަށް ދިވެހިން އަންނަކަން އެނގިވަޑައިނުގަންނަވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ހަޔާރ އެޑިއުކޭޝަން މިނިސްޓަރު ހޯމަ ދުވަހު މަޖިލީހަށް ހާޒިރުކުރެއްވީ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ކުރެއްވި ސުވާލަކާއި ގުޅިގެންނެވެ. އެ މެންބަރުގެ ސުވާލަށް މިނިސްޓަރު ޖަވާބު ދެއްވުމަށް ފަހު، އިތުރު ސުވާލުކުރަން ލިބުނު ފުރުސަތުގައި، ކެޔޮދޫ ދާއިރާގެ މެންބަރު ހުސައިން ގާސިމްވަނީ، ރާއްޖޭގައި ހަރުކަށި ފިކުރު ކިޔަވަމުންދާ ފަރާތްތައް ދަނީ ބޭރުގެ ކޮންކޮން ގައުމުތަކަށްތޯ މިނިސްޓަރަށް އެނގިވަޑައިގަންނަވާތޯ ސުވާލުކުރައްވާފައެވެ.

ޖަވާބުގައި މިނިސްޓަރ ވިދާޅުވީ އެފަދަ ދިރާސާއެއް ހެދިފައި ނުވާތީ އެފަދަ ކަމެއް ފާހަަގަ ނުކުރެއްވޭ ކަމަށެވެ. އަދި ވަކި ގައުމަކުން ކިޔަވައިގެން އަންނަ މީހުންގެ ތެރޭގައި އެފަދަ މީހުން ހިމެނޭ ކަމެއް އެނގިވަޑައިނުގަންނަވާ ކަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރގެ ޖަވާބާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސްވަނީ ތަކުރާރުކޮށް ސުވާލުކުރައްވައިގެންވެސް އިތުރު ޖަވާބެއް ލިބޭތޯ މަސައްކަތްކުރައްވާފައެވެ. އެހެންނަމަވެސް މިނިސްޓަރ ދެއްވީ ހަމަ އެއް ޖަވާބެކެވެ.

މިނިސްޓަރ އިތުރު ޖަވާބެއް ނުދެއްވުމުން، ރައީސް ނަޝީދުވަނީ ކޯފާ އިސްކުރައްވާ އެމަނިކުފާނަށް އިތުރުފުޅު ނުހެއްދެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި މެމްބަރުންވެސް ވަނީ ނިޒާމީ ނުކުތާ ނަންގަވާ މިނިސްޓަރގެ އެ ޖަވާބާއި މެދު ހިތްހަމަ ނުޖެހުން ފާޅުކުރައްވާފައެވެ.

އެހެންނަމަވެސް މިނިސްޓަރ ވިދާޅުވީ އެމަނިކުފާނު ދޮގު މައުލޫމާތު ނުދެއްވާ ކަމަށެވެ. ވީ ހަޔާރ އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ބޭރު ގައުމުތަކުން ދޭ ސްކޮލާޝިޕް ފުރުސަތުތަކުގައި އެފަދަ އެއްވެސް ގައުމެއް ނުހިމެނޭ ކަމަސް ވަޒީރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: