ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އަތޮޅުވެރިންނަށް” ވަޒީރަކާއި އެއްވަރުގެ މުސާރައެއް ލިބެން ޖެހޭ: ރައީސް ނަޝީދު

ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތުގައި: ފޮޓޯ މަޖިލިސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އަތޮޅުވެރިންނަށް ވަޒީރަކާއި އެއްވަރުގެ މުސާރައެއް ލިބެން ޖެހޭކަމަށް މަޖިލީހުގެ ރައީސް ރައީސް މުހައްދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޤާނުއަސާސީ އިސްލާހުކުރުމަށްޓަކާ ކުރިއަށްގެންދިޔަ މުޅި މަޖިލީހުގެ ކޮމިޓީގެ ރިޔާސަތުގައި ވާހަކަދައްކަވަމުންނެވެ.

އެ ކޮމިޓީގައި ދެކެވުނު ވާހަކައިގައި ކައުންސިލްގައި އިސްކޮށް ހުންނަ ފަރާތަކަށް ކިޔާނެ ނަމަކާއި މެދުވެސް މަޝްވަރާކޮށްފައިވެއެވެ. އެގޮތުން ބައެއް މެމްބަރުން ވަނީ އަތޮޅުގެ އިސް ފަރާތަކަށް “މޭޔަރ” ނުކިޔޭނެ ކަމަށް ބުނެފައެވެ.

އެއީ މޭޔަރ ކިޔަނީ ސިޓީގެ އިސްފަރާތަށް ވާތީކަން މެމްބަރުން ފާހަގަކުރިއެވެ. އޭގެ ބަދަލުގައި އަތޮޅުވެރިޔާ ކިޔަން އެ މެމްބަރުން އެދުނެވެ.

އެހެންނަމަވެސް އަތޮޅުވެރިޔާ ނޫން އެހެން ނަމެއް ކިޔަން ވެސް ބައެއް މެމްބަރުން އެދުނެވެ.  މިހާރު އަތޮޅު ކައުންސިލްގެ އިސްވެރިޔާއަށް މުޚާތަބު ކުރަނީ ކައުންސިލް ރައީސްގެ ނަމުންނެވެ.

ކައުންސިލަރުންގެ މުސާރައާއި މެދު ވެސް މެމްބަރުން ވާހަކަދެއްކިއެވެ. އެގޮތުން ކައުންސިލްގެ ރައީސަށް ލިބޭ ފައިސާގެ އަދަދު މަދުކަމަށް ފެންނަ ކަމަށް މެމްބަރުން ވަކާލާތުކުރެއްވިއެވެ. ބުދަ ދުވަހުގެ މަޖިލީހުގައި، ތިން ބިލެއްގެ ފުރަތަމަ ކިޔުން އިއްވާފައެވެ.

ފުރަތަމަ ކިޔުން އިއްވީ ސަރުކާރުގެ ފަރާތުން، ކެޔޮދޫ ދާއިރާގެ މެންބަރު ޙުސައިން ޤާސިމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 6/81 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާއި، ސަރުކާރުގެ ފަރާތުން، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިތުރުން، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 12/2013 (މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަަމަ ކިޔުންވަނީ އިއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: