ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލް އިންތިހާބު އޮންނާނީ އޭޕްރީލް ހަތަރެއްގައި

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބު އޮންނާނީ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންއިން ކުރި ޓުވިޓެއްގައި ބުނެފައި ވަނީ އަންނަ އަހަރު މުޅި ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް އިންތިހާބު އަންނަ އަހަރުގެ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ކޮމިޝަނުން ނިންމައި ތާވަލް ކޮށްފައިވާ ކަމަށެވެ. 

https://twitter.com/ElectionsMv/status/1197052498466394112?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1197052498466394112&ref_url=https%3A%2F%2Fwww.addulive.com%2F168427

ކައުންސިލް އިންތިހާބު ބާއްވާނެ ތާރީހު އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާއިރު ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިލެކްޝަން ކޮމިޝަންގެ މެންބަރު އަޙުމަދު އަކްރަމް ވިދާޅުވީ އިލެކްޝަން ކޮމިޝަންގެ ޤާނޫނަށާއި ލާމަރުކަޒީ ޤާނޫނަށާއި އިންތިޙާބާއި ބެހޭ ޤާނޫނުތަކަށް ސަރުކާރުންވެސް އިސްލާހުތަކެއް ގެނެސް ރައްޔިތުންގެ މަޖިލީހުގައި މަޝްވަރާ ކުރެވެމުން ދާ ކަމަށެވެ. ހަމަ އެހެން އީސީއިންވެސް މި ޤާނޫނުތަކަށް ހުށަހަޅަން ބޭނުންވާ އިސްލާހުތައް ޑްރާފްޓްކޮށް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވަން ތައްޔާރުކޮށްފައިވާ ކަމަށެވެ.

އިންތިހާބުތަކާއި ބެހޭ އާންމު ޤާނޫނަށް އިލެކްޝަން ކޮމިޝަނުން ހުށަހަޅަން ބޭނުންވަ މައިގަނޑު އިސްލާހުތައް:

* އިންތިޙާބަށް ކުރިމަތިލާ މީހުންނަށް އިލެކްޝަން ކޮމިޝަނުން ޖަވާބު ދޭން އޮންނަ މުއްތަދު 48 ގަޑިއިރުން 72 ގަޑިއިރަށް ބަދަލުކުރުން.
* މާލީ ބަޔާންތައް ހުށަހަޅަންޖެހޭނީ އޮޑިޓަރ ޖެނެރަލް އޮފީހަށް ކަމަށް ކަނޑައަޅާ، އެ މާލީ ބަޔާންތައް ޗެކު ކުރުމަށްފަހު ޤާނޫނުގައިވާ ގޮތުގެ މަތިން މާލީ ބަޔާންތައް ޗެކުކޮށް، ގޮތެއް ކަނޑައަޅާނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކަމަށް ކަނޑައެޅުން.
* އިންތިޙާބަށް އިއުލާނުކުރުމަށް ފަހު އިންތިޙާބާއި ގުޅުންހުރި އެއްވެސް ޤާނޫނަކަށް ނުވަތަ ޤަވައިދަކަށް ބަދަލެއް ނުގެނެވޭ ގޮތަށް ކަނޑައެޅުން.
* ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ވޯޓުލުމުގެ އިންތިޒާމުތައް ކޮމިޝަނުން ހަމަޖައްސައިދޭންވާނެ ކަމަށް ކަނޑައެޅުން.
* ބައޯ- މެޓްރިކްސް ނުވަތަ ފިންގަރ ޕްރިންޓް ހޯދުމުގެ ޤާނޫނީ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބުން.
* 2013 ވަނަ އަހަރުގެ ގައިޑްލައިންގައި ހުރި ނުކުތާތަކާއި އެއްގޮތަށް ޤާނޫނަށް އިސްލާހު ގެނައުމަށްފަހު އެ ގައިޑްލައިން އުވާލުން.
* ކެންޑިޑަސީ އިލެކްޝަން ކޮމިޝަނުން ޤަބޫލުކޮށް، އެކަން އެމީހަކަށް އަންގާ ފަހުން، ޕާޓީގެ ޓިކެޓު ޕާޓީއިން ކެންސަލް ނުކުރެވޭނެ ކަން.
*ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ބަހާނެ ގޮތަށް އިސްލާހު ގެނައުން.
އަކްރަމް ވިދާޅުވީ މިޙާރު ޕާޓީތަކަށް ފައިސާ ދޫކުރަނީ މެންބަޝިޕަށް ބަލާ 10،000 މަތިން މެންބަރުން ރެޖިސްޓްރީވެފައިވާ ޕާޓީތަކަށް އެކަނި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: