ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހާދިސާއެއް ދިމާވުމުން އުޅަނދު ފުން ނުކުރެވޭތީ މެމްބަރުންގެ ކަންބޮޑުވުން

މެމްބަރު ނާޒިމް މަޖިލީހުގައި ގަރާރު އިއްވަވަނީ: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެކި ހާދިސާތަކާއި ގުޅިގެން، އުޅަނދުތައް ފުންތައް ފުންނުކުރެވުމުގެ ސަބަބުން ބޮޑެތި ދަތިތައް ދިމާވާތީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މެމްބަރުން މިފަދައިން ވާހަކަދެއްކެވީ، ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ހުށަހަޅުއްވި މަސްދޯނިފަހަރާއި، މީހުންނާއި މުދާ އުފުލާ އުޅަނދުފަހަރާއި، ޓޫރިސްޓުން އުފުލާ އުޅަނދުފަހަރާއި، އޮޔާދާ އުޅަނދުފަހަރާއި، ބޭރު ދަތުރުކުރ އުޅަނދުފަހަރު ފަރަށް އެރުމުން އެ އުޅަނދު ފުންކުރުމުގައި ޢަމަލީ ގޮތުން މަސައްކަތް ކޮށްދޭނެ ދައުލަތުގެ އިދާރާއެއް ނެތުމުން އުފެދޭ ތަކުލީފުތައް، ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި، އެފަދަ އިދާރާއެއް ދައުލަތުގެ އިދާރާތަކުގެ ތެރޭގައި ހުރުމުގެ މުހިންމުކަން ފާހަގަކުރުމަށް ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުންނެވެ.

ކަނޑުމަތީގެ ހާދިސާތަކުގައި، މީހުން ސަލާމަތް ކުރުމުން ނުފުދޭކަން އެ މެމްބަރުން ފާހަގަކުރިއެވެ. އެގޮތުން މުދާ އުފުލާ ބައެއް ބޯޓުފަހަރުފަދަ ތަކެތި ފުން ނުކުރެވި އުޅަނދުގެ ވެރިމީހާއަށް ބޮޑެތި އަދަދުތަކުން ގެއްލުންވާ ކަމަށާ އެކަަމަށް ހައްލެއް ބޭނުންވާކަމަށް މެމްބަރުން ވިދާޅުވިއެވެ. 

އެ މަސައްކަތަކީ ދައުލަތުގެ އެއްވެސް އިދާރާއަކާއި ހަވާލުކޮށްފައިވާ މަސައްކަތަކަށް ނުވުމުން އުޅަނދުގެ ވެރި ފަރާތަށް އެކަން ވަރަށް ބޮޑު ދައްޗަަކަށްވާކަން މެމްބަރުން ފާހަގަކުރިއެވެ. އެހެންކަމުން ހަރުދަނާ ނިޒާމެއްގެ ތެރެއިން އެ މަސައްކަތް ކުރަން ޖެހޭ ކަމަށް ހުރިހާ މެމްބަރުންވެސް އިއްތިފާގުވެލެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: