ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުވަޒައްފަށް ހަމަލާދިން މައްސަލަ ބަލާނަން: ވެމްކޯ

ޔޫނުސްއާއި ވެމްކޯގެ އެމްޑީ ވާހަކަދައްކަވަނީ: ފޮޓޯ މީސްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ވެމްކޯގެ މުވައްޒަފަކަށް އާންމުންގެ މީހަކު ހަމަލަދިން މައްސަލަ ބަލާނެ ކަމަށް ވެމްކޯއިން ބުނެފިއެވެ.

ވެމްކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ވެމްކޯގެ ވެށިފާރަވެރިޔާ ޔޫނުސް އާދަމްކޮއެއަށް މީހަކު ހަމަލަދިންކަން ވެމްކޯގެ ސަމާލުކަމަށް އައީ އަންގާރަ ދުވަހުގެ ރޭގެ 19:53ގައިކަމަށެވެ.

އޭނާއަށް ހަމަލާދީފައިވަނީ ރެޖިސްޓްރީ ނުކޮށް ހުރި މީހަކު ކުނި ނަގަން އެދުމުން އެކަން ކޮށްދެވެން ނެތްކަމަށް ބުނުމުން ކަމަށް ވެމްކޯއިން ފާހަަގަކުރެއެވެ.

މީސްމީޑިއާގައި އާންމުވި ފޮޓޯތަކެއްގައި ޔޫނުސް ކައިރީގައި ވެއްޓިފައި ހުރި ކުނި ކޮތަޅުތަކެއް ހުރި މަންޒަރުފެނިގެންދެއެވެ. މަންޒަރުދުށް ފަރާތަކުން މީސްމީޑިއާގައި ބުނެފައި ވަނީ އާންމުންގެ މީހާ ޔޫނުސްގައިގައި ކުނި ކޮތަޅުން ޖަހާފައިވާކަމަށެވެ.

މި ހަމަލާގައި ޔޫނުސްއަށް ސީރިއަސް ގެއްލުމެއް ނުލިބުނު ނަމަވެސް، މި މައްސަލަ ބަލާނެކަން ވެމްކޯއިން ހާމަކުރެއެވެ.

މީގެ ކުރިންވެސް ވެމްކޯގެ މުވައްޒަފުންނަށް އިހާނަތިކޮށްހިތާ މައްސަލަތައް ވަނީ ފެންމަތިވެފައެވެ.
ވެމްކޯގެ އެމްޑީ އާދަމް މުހައްމަދު ވަނީ ޔޫނުސްއާއި ބައްދަލުކޮށް މި ޙާދިސާ ހިނގި ގޮތް އޮޅުން ފިލުވާފައެވެ. ޔޫނުސް އަކީ 2018އިން ފެށިގެން ވެމްކޯގައި ޚިދުމަތްކުރަމުންދާ މުވައްޒަފެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: