ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލް އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ޕްރައިމަރީ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓް މިއަދު އިއުލާނު ކުރަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ޕްރައިމަރީ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓް މިއަދު އިއުލާނު ކުރާނެ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. އެމްޑީޕީން ވަނީ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ޕްރައިމަރީއާ ގުޅޭ ތަފްސީލީ ޓައިމްލައިންވެސް އާންމުކޮށްފައެވެ.

ޕާޓީން އާންމުކޮށްފައިވާ ތާވަލުގައިވާ ގޮތުން، 30 ނޮވެމްބަރުގައި އާންމުކުރި މެންބަރުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމަށް ތިން ދުވަހުގެ މުއްދަތެއް ދިނުމަށް ވަނީ ނިންމާފައެވެ. މި ޝަކުވާތައް ހުށަހެޅުމުގެ ސުންގަޑިއަކީ 27 ޑިސެމްބަރުވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އެވެ. މީގެއިތުރުން، 25 ޑިސެމްބަރުން ފެށިގެން 11 ދުވަހުގެ މުއްދަތަށް ރީ-ރަޖިސްޓްރޭޝަން ފުރުޞަތު ހުޅުވާލާނެ ކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ.

ރީ-ރަޖިސްޓްރޭޝަނާއި ވޯޓަރުންގެ ލިސްޓު

ރީ-ރަޖިސްޓްރޭޝަންއަށް ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ އަންނަ އަހަރުގެ ޖެނުއަރީ 3 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އެވެ. ރީ-ރަޖިސްޓްރީ ކުރި ފަރާތްތަކުގެ ލިސްޓު 4 ޖެނުއަރީ 2026 ގައި އާންމުކުރުމަށް ހަމަޖެހިފައިވާއިރު، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ތިން ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. ވޯޓުލާ މަރުކަޒު ބަދަލުކުރި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު ދުވަހަކީ 7 ޖެނުއަރީ 2026 އެވެ.

އެމްޑީޕީން ބުނި ގޮތުގައި ވޯޓަރުންގެ ދާއިމީ ލިސްޓު އާންމުކުރުން އޮންނާނީ 8 ޖެނުއަރީ 2026 ގައެވެ. އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ނަން ހުށަހެޅުމުގެ ފުރުޞަތު 10 ޖެނުއަރީއާ ހަމައަށް އޮންނާނެއެވެ. ހަމަ އެ ދުވަހު ވޯޓުލާ މަރުކަޒުތަކާއި ވޯޓުލުން ކުރިއަށްދާނެ ވަގުތުތައްވެސް ރަސްމީކޮށް އިއުލާނުކުރާނެއެވެ.

ޕްރައިމަރީ ބާއްވާ ތާރީޚު

އެމްޑީޕީގެ ކައުންސިލް ޕްރައިމަރީ ބޭއްވުމަށް މިހާރު ތާވަލުކޮށްފައިވަނީ 16 ޖެނުއަރީ 2026 ވާ ހުކުރު ދުވަހުއެވެ. އެ ދުވަހުގެ މެންދުރުފަހު 14:30 އިން ރޭގަނޑު 20:00 އަށް ވޯޓުލުން ކުރިއަށްދާނެ ކަމަށް އެ ޕާޓީން މައުލޫމާތު ދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: