ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީމް ކޯޓު ހިންގުން ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރަކަށް

ފަނޑިޔާރު އަޒްމިރަލްޑާއަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ފަތްކޮޅު އަރުއްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމްކޯޓުގެ ހިންގުން ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރަކާއި ހަވާލުކޮށްފިއެވެ.

އުއްތަމަފަނޑިޔާރުކަމުގައި ހުންނެވި ޑރ. އަހްމަދު އަބްދުﷲ ދީދީ މަގާމުން ވަކިކޮށްފައިވާ އިރު، ޖޭއެސްސީން މީގެ ކުރިން ވަނީ ސުޕްރީމް ކޯޓުގެ ހިންގުން ވަގުތީ ގޮތުން ފަނޑިޔާރު އަބްދުﷲ އަރީފްއާ ހަވާލުކޮށްވާފައެވެ.
ފަނޑިޔާރު އަބްދުﷲ އަރީފުގެ ސިއްޙީ ހާލަތު ހުރި ގޮތުން މިހާރު ވަނީ ފަނޑިޔާރުކަމުން ރިޓަޔަރ ކުރައްވަން ނިންމަވާފައެވެ. މިރޭ ބޭއްވި ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ބައްދަލުވުމެއްގައި، އެ ކޮމިޝަނުން ވަނީ ސުޕްރީމްކޯޓުގެ ހިންގުން އެ ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރުއާ ހަވާލުކުރުމަށް ނިންމާފައެވެ.

ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ސުޕްރީމްކޯޓުގެ ފަނޑިޔާރަކަށް އައްޔަނުކުރެވިގެން ދިޔައީ 2019 ސެޕްޓެމްބަރު ހަތަރުވަނަ ދުވަހުއެވެ. އޭނާއަކީ ރާއްޖޭގެ ސުޕްރީމް ކޯޓަށް އައްޔަނުކުރެވުނު ފުރަތަމަ ދެ އަންހެން ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރެވެ.

2011 ވަނަ އަހަރުގެ މާޗު މަހު ޑރ. އަޒްމިރަލްޑާ ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރެވުނެވެ. ފަނޑިޔާރު އަޒްމިރަލްޑާއަކީ ހައިކޯޓުގެ ފަނޑިޔާރުކަން ކުރި ފުރަތަމަ، އަދި ހަމައެކަނި އަންހެން ފަނޑިޔާރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: