ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއިން ބަޔަކު ތަނަކަށް އެއްވެދާނެތީ، ހާހެއްނުވޭ: މެމްބަރު ރާއީ

މެމްބަރު ރާއީ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަނީ: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީއަކީ ބަޔަކު ތަނަކަށް އެއްވެދާނެތީ ކަންބޮޑުވާ ޕާޓީއެއް ނޫން ކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

އެއްވެ އުޅުމުގެ ޤާނޫނު ހަނިކޮށް ވަކިތަނަކަށް މެނުވީ އެއް ނުވެވޭ ގޮތަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބަދަލު ގެނެސްފައިވާތީ އެމްޑީޕީއާއި އޭރުގެ އިދިކޮޅު ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭރު ގެނައު އެހެން ޤާނޫނީ ބަދަލުތައްވެސް ކަމު ނުގޮސްގެން އެމްޑީޕީއިން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް އައުމަށްފަހު، އޭރު މަޖިލީހުގައި އޮތް ސަރުކާރުގެ ކޯލިޝަންގެ މެޖޯރިޓީ ބޭނުންކޮށްގެން އެފަދަ ބައެއް ޤާނޫނުތައްވަނީ އުވާލާފައެވެ. އަދި ބައެއް ޤާނޫނުތައް 19ވަނަ ރައްޔިތުންގެ މަޖިލީހުންވެސް އުވާލާފައިވެއެވެ. އެހެންނަމަވެސް އެއްވެ އުޅުމުގެ ޤާނޫނަށް ބަދަލުގެނެސްފައި ނުވާތީ، ސަންގުޓީވީން ސުވާލުކުރުމުން ރާއީ ވިދާޅުވީ އެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.

އަދި އެއްވެ އުޅުމުގެ މިނިވަންކަން އެންމެ ފުރިހަމައަށް ހޯދާދިނީ އެމްޑީޕިއިން ކަމަށް ވާއިރު، އެ ހައްގު ނިގުޅައިގަންނަ ބަޔަކަށް އެމްޑީޕީ ނުވާނެކަމަށް ރާއީ ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން ރާއީވަނީ މަޖިލީހަށް އަމާޒުވާ ބައެއް ފާޑުކިޔުންތަކަށް ރައްދުދެއްވާފައެވެ.

އެގޮތުން މަޖިލީހުގެ ބާރު ގަދަވެ، ސަރުކާރު ހިންގުމަށް ދަތިވާ ކަމަށާ، މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ ބާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވުރެ ގަދަކަމަށް ބުނާ ވާހަކައަށް އޭނާ ވަނީ ރައްދުދެއްވާފައެވެ. ރާއީ ވިދާޅުވީ މަޖިލީހުގައި މަސައްކަތް ކުރަނީ ސަރުކާރު ހިންގަން ބޭނުންވާ ޤާނޫނުތަކާއި އެހެނިހެން ޤާނޫނުތަައް ހެދުމަށް ކަމަށެވެ. އަދި މަޖިލީހުގައި އަވަސްއަރުވާލައިގެން ކަންކަން ކުރާކަމަށް ޤަބޫލުކުރެވޭތޯ ސުވާލުކުރުމުން ރާއީ ވިދާޅުވީ މަޖިލީހުގައި ކުރާ ބައެއް މަސައްކަތްތަކަކީ ވަރަށް އިސްކަން ދޭން ޖެހޭކަމެއް ކަމަށެވެ. އެފަދަ ކަންކަން އަވަސްކުރުމަކީ އެއީ އަވަސްއަރުވާލުން ކަމަށް ޤަބޫލު ނުކުރައްވާކަމަށް އޭނާވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މި ސަރުކާރުން ގާތް ފަރާތްތަކަށް ބަދަލުދޭކަމަށް ބުނާއިރު މި ސަރުކާރުން އެކި ފަރާތްތަކަށް ބަދަލުދޭން ޖެހިފައިވަނީ ކުރީގެ ސަރުކާރުތަކުން އެއްވެސް އުސޫލެއް ނެތި އެއްބަސްވުންތައް އުވާލުމާއި، އެއްބަސްވުމާއި އެއްގޮތަށް އަމަލު ނުކުރުން ފަދަ ކަންކަމުގެ ސަބަބުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ރާއީ ވަނީ އަންނަ އަހަރުގެ ބަޖެޓާއި ބެހޭ ގޮތުންވެސް ވާހަކަދައްކަވާފައެވެ. އެ ބަޖެޓަކީ ލާމަރުކަޒީ ނިޒާމަށް އުންމީދީ ބަދަލުތަކެއް ގެނުވާނެ ބަޖެޓެއް ކަަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ބަޖެޓްގައި ހުރިހާ ދާއިރާއަކަށްވެސް ހަމަހަމައަށް ކަންކަން ބަހާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: