ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައުވެ ހަލާކުވެ މާލޭގެ މަގުތަކަށް ދޫކޮށްލާފައިވާ 800އަށް ވުރެ ގިނަ އުޅަނދު ނައްތާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ބައުވެ ހަލާކުވެ މާލޭގެ މަގުތަކަށް ދޫކޮށްލާފައިވާ 800އަށް ވުރެ ގިނަ އުޅަނދު މި އަހަރުގެ ތެރޭގައި ނައްތާލާފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ. މިއީ މާލޭގެ ޕާކިން މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު މަސައްކަތެކެވެ.

ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ފަޞީހް ވިދާޅުވީ، ބައުވެ ހަލާކުވެ މާލޭގެ މަގުތަކަށް ދޫކޮށްލާފައިވާ 801 އުޅަނދު މި އަހަރު ތެރޭގައި ނަގައި، އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު ނައްތާލާފައިވާ ކަމަށެވެ. މީގެ އިތުރުން، ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ވެރިފަރާތުން ހަވާލުވާން ނައުމުގެ ސަބަބުން، ދެފޮރުޅުލީ 899 އުޅަނދާއި، ހަތަރުފުރޮޅުލީ 106 އުޅަނދު ވެސް ވަނީ ނައްތާލާފައެވެ.

މަގުމަތީގެ ތަރުތީބު ހިފެހެއްޓުމަށް ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ފަޞީހް ފާހަގަކުރެއްވި ގޮތުގައި، ހޮސްޕިޓަލުތަކާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ރޭންޕުތަކާއި، މިސްކިތްތަކާއި ސްކޫލްތަކުގެ ދޮރުމަތީގެ އިތުރުން ކަފިހިހުރަސްތަކުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނެގުމުގެ މަސައްކަތް ކޮންމެ ދުވަހަކު ވެސް ކުރިއަށްދެއެވެ. މިގޮތުން މި އަހަރުގެ މިހާތަނަށް ޖުމްލަ 7,442 އުޅަނދު ނަގާފައިވެއެވެ.

މަގުމަތީގެ ސަލާމަތަށް ހޭލުންތެރިކުރުވުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން 17 ސްކޫލެއްގައި 549 ދަރިވަރުން ވަނީ ތަމްރީނުކޮށްފައެވެ. އަދި މި ސްކޫލްތަކުގެ ބެލެނިވެރިންނާއި މުދައްރިސުންނަށް ވެސް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ފަޞީހް ވިދާޅުވިއެވެ. މީގެ އިތުރުން، އުޅަނދު ދުއްވާ 1,070 މީހަކަށް އަމާޒުކޮށްގެން 10 ތަމްރީނު ޕްރޮގްރާމެއް ވެސް ވަނީ ހިންގާފައެވެ.

މާލޭގެ އިތުރުން އަތޮޅުތެރޭގައި ވެސް މަގުމަތީގެ ސަލާމަތަށް ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ކުރިއަށްގެންދާކަން ފުލުހުން ފާހަގަކުރެއެވެ. އެގޮތުން ށ. އަތޮޅާއި ގއ. އަތޮޅުގައި ’ރައްކާ ރޯޑް ޝޯވ‘ ބާއްވައި، ގިނަ ބަޔަކު މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރިކުރެވިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: