ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ސުއިޓްސްމީ” ބޭނުންކުރަނީ އެއްޖިންސުން ގުޅުންހިންގުން އާންމުކުރަން : ޝިޔާމް

ޕީޕީއެމްގެ ނޫސްވެރިންގެ ބައްދަލުވުމުގައި މެމްބަރުޝިޔާމް ވާހަކަ ދައްކަވަނީ: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ސުއިޓްސްމީ ހޭޝްޓެގަކީ އެއްގިންސުން ގުޅުން ހިންގުން އާންމުކުރަން ބޭނުންކުރާ ހޭޝްޓެގެއް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއަދި ޕީއެންސީއިން ގުޅިގެން ބޭއްވު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝިޔާމް ވަނީ ސުއިޓްސްމީއަކީ އަޑި ނޭނގޭ ހޭޝްޓެގެއް ކަމަށް ވިދާޅުވެފައެވެ. ޝިޔާމް ވިދާޅުވީ އެއީ އަންހެނުން ބާރުވެރިކުރުވަން ކުރާ ކަމެއްކަމަށް ހީވެފައިވީ ނަމަވެސް ހަގީގަތަކީ އެއީ ނޫންކަމަށެވެ.
އަދި އެކަން ޓްރެންޑަކަށް ހަދައިގެން މަސައްކަތް ކުރަނީ އެއްޖިންސުން ގުޅުން ހިންގުން ރާއްޖޭގައި އާންމުވިކަން ދެއްކުމަށް ކަމަށް އެ ފަރާތްތަކުން މަސައްކަތް ކުރާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

“މިއީ އެއްގޮތަކަށްވެސް އަންހެނުން ބާރުވެރިކުރުވަން ކުރާ ކަމެއް ނުން. ބޭނުމަކީ ރާއްޖޭގައި އެއްޖިންސުން ގުޅުން ހިންގުން އާއްމުކުރުން. ވަރަށް ތިލަކޮށް މިދަންނަވަނީ. މިހާރު ސުއިޓްލައިގެން ފޮޓޯ ނަގާ މި ޓްރެންޑަކަށް ހަދާފަ. ދެން އޭރުން ބޭރުގެ ކޮމިއުނިޓީއަށް ދައްކަން ބޭނުންވަނީ، ބަލާށޭ މިއީއޭ ރާއްޖެ އޮތް ގޮތަކީ، މިއީ ބޭނުމަކީ”

ސުއިޓްސްމީ އަކީ އަންހެނަކު ފިރިހެނަކު ގޮތަށް ހެދުން އެޅުމުން އެކަމަށް ފާޑުކިޔާކަމަށް ބުނެ ދައުރުކުރާ ހޭޝްޓެގެކެވެ. އެހެންނަމަވެސް އެގޮތަށް ފާޑުކިޔަމުންދާ ފަރާތްތަކުން ދަނީ ފާޅުކަން ބޮޑުކޮށް އިދިކޮޅު ޖިންސުގެ ހެދުން އެޅުމާއި އެއްޖިންސުން ގުޅުން ހިންގުމަށް އެއްބާރުލުންދޭތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެހެންނަމަވެސް ސުއިޓްސްމީގެ ނަމުގައި ފަށާފައިވާ މޫމެންޓްގައި ދަނީ އަންހެނުން ސުއިޓްލުމަކުން، މައްސަލައެއްް ނެތް ކަމަށް ބުނެ ދިފާއުކޮށް ވާހަކަދައްކަމުންނެވެ.

ޝިޔާމްވަނީ މި ސަރުކާރާއި އެމްޑީޕީއިން މިހާރު މަސައްކަތްކުރަނީ އެމްޑީއެން އުވާ ނުލާ ސަލަފް ޖަމާއަތް އުވާލަންކަމަށް ވިދާޅުވެފައެވެ. އަދި އެކަން ކުރަނީ ރައީސް ސޯލިހްވެސް ބައިވެރިވެގެންކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: