ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޣަނީ ވަކިކުރުމަށް ޖޭއެސްސީން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޣަނީ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުލް ޣަނީ މުޙައްމަދާއި ބެހޭގޮތުން އެ ކޮމިޝަނުން ތަހުގީގުކުރި ސުލޫކީ މައްސަލައަކާއި ގުޅިގެން ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމްކުރާ ސުލޫކީ ސިފަތައް ނެތިގެންދާފަދަ ޢަމަލުތަކެއް ސުޕްރީމްކޯޓުގެގެ ފަނޑިޔާރު ޢަބްދުލްޣަނީ ކޮށްފިކަމަށް ތަހުޤީގު ކޮމިޓީއަށް ފެންނާތީވެ، އޭނާ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެ ކޮމިޝަންގެ 82ވަނަ ބައްދަލުވުމުގައި ނިންމާފައިވާކަމަށެވެ.

އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދާއި ބެހޭ ގޮތުން އެ ކޮމިޝަނުން ތަހުޤީގުކުރި މައްސަލަތަކުގެ ބާވަތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ފަނޑިޔާރުކަމުގެ މަސައްކަތުން ވަގުތީ ގޮތުން ދުރުކުރަން ޖެހޭކަމަށް ފެންނާތީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު 60 ދުވަހުގެ މުއްދަތަށް ފަނޑިޔާރުކަމުގެ މަަސައްކަތުން ދުރުކުރުމަށްވެސް ކޮމިޝަނުން ނިންމާފައިވާކަމަށްވެސް ބާޔާނުގައި ހާމަކޮށްފައިވެއެވެ.

ފަނޑިޔާރު ޣަނީ މަޤާމުން ވަކިކުރުމަށް ނިންމާފައިވާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ އަރީފުގެ ސިއްޙީ ހާލަތު ހުރިގޮތުން، މުސްކުޅިކޮށްދިނުމަށް އެދިވަޑައިގެންފައިވާތީވެ، ބުދަ ދުވަހުން ފެށިގެން އަރީފު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުން މުސްކުޅިކުރުމަށްވެސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

އަރީފު މުސްކުޅި ކުރެއްވުމަށް ނިންމަވާ، ޣަނީ ވަކިކުރަން ނިންމެވުމުން، 2018ގެ ރިޔާސީ އިންތިޚާބު ބާޠިލްކުރުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވި ހުރިހާ ފަނޑިޔާރުން މަޤާމުން ވަކިވީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: