ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިލަފަތުގެ ސިޔާސަތަކީ ރައްޔިތުންގެ ސިޔާސަތެއް: އަސްލަމް

ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަފަތުގެ ސިޔާސަތަކީ އެމްޑީޕީ މެމްބަރުން މިއަދު ބޭނުންވެފައިވާ އެންމެ މުހިއްމު ސިޔާސަތުތައް ކަމަށާއި އެސިޔާސަތުގެ ދަށުން މެމްބަރުންނަށް ހައްގުތައް ކަށަވަރުވެގެންދާނެ ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ލީޑަރޝިޕްގެ އިންތިޙާބުގައި އެޕާޓީގެ ނައިބް ރައީސް ކަމަށް ކުރިމަތިލައްވާ، އަސްލަމް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިންގެ ތެރެއިން ލ. ފޮނަދޫގެ ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުން ވިދާޅުވީ ޕާޓީ ހިންގުމަށް މިވަގުތު ބޭނުންވާ އެންމެ މުހިއްމު ކަންކަން ރަނގަޅު ކުރުމަށް ބަލާފައިވާނެ ކަމަށެވެ.

އެގޮތުން ޕާޓީގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކޮންމެ އަތޮޅެއް ނުވަތަ ސިޓީއެއްގައި ސެކްރެޓޭރިއޭޓުން ޤާއިމް ކުރުމާއި، ނުހައްގުން އަނިޔާ ލިބިފައި ތިބި މީހުންނަށް ބަދަލު ހޯދައި ދިނުން ފަދަ ކަންކަން ހިމެނޭ ކަމަށެވެ.

އަސްލަމް ވިދާޅުވީ އެންމެ ވަރުގަދަ ޕާޓީއަކީ އެމްޑީޕީ ކަމަށާއި އެހެން ނަމަވެސް ކޮންމެ ކަމެއްވެސް ރަނގަޅު ކުރުމުގެ ފުރުޞަތު ލިބޭއިރު މިއީ އެމްޑީޕީގެ އިތުރު ހަރުފަތަކަށް ގެންދަންވީ ވަގުތު ކަމަށެވެ.
އެގޮތުން ތިލަފަތުގެ ސިޔާސަތަކީ ރައްޔިތުންގެ ސިޔާސަތެއް ކަމަށާއި މިއީ ރައްޔިތުން ބޭނުންވެފައި ހުރި ސިޔާސަތުތަކެއް ކަން ވަރަށް ބޮޑަށް ރައްޔިތުންނާއި ގާތުން ހިޔާލާއި މަޝްވަރާ ހޯދުމުން އެނގިގެން ހިނގައްޖެ ކަމަށް ވިދާޅުވިއެވެ.

އަދި މިސިޔާސަތުގެ ދަށުން އަހަރަކު އެއްފަހަރު ބާއްވާ ކޮންގްރެސްގެ ސަބަބުން ގޮފި ތަކާއި ދާއިރާތައް ހިންގިފައި ހުރި މިންވަރު ވަރަށް ރަނގަޅަށް ސާފުވެގެންދާނެ ކަމަށެވެ.

އެހެންކަމުން ޕާޓީގެ މެމްބަރުންގެ މެދުގައި ހުރި ކަންބޮޑުވުންތަކަށް މިކަމުން ހައްލެއް ލިބިގެންދާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: