ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑީޖީޖީއަށް ސައިން-އަޕްކޮށްގެން، އެންމެ ފަހުގެ އައިފޯނު ހޯދުމުގެ ފުރުސަތު ހުޅުވާލައިފި!

ފޮޓޯ: ދިރާގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގު ގޭމާސް ގިލްޑު (ޑީޖީޖީ) އަށް ސައިން-އަޕްކޮށްގެން، އެންމެ ފަހުގެ އައިފޯން ޕްރޯ މެކްސްއެއް ހޯދުމުގެ ރަނުގެ ފުރުސަތު ދިރާގުން ހުޅުވާލައިފިއެވެ. މި ހާއްސަ ގިވް-އަވޭގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ވެސް މިހާރު ވަނީ ހުޅުވާލެވިފައެވެ.

މި އިނާމު ހޯދުމަށްޓަކައި ޝައުގުވެރިވާ ފަރާތްތަކުން ޑީޖީޖީގެ ރަސްމީ ވެބްސައިޓް ކަމަށްވާ http://dgg.mv އަށް ޒިޔާރަތްކޮށް ސައިން-އަޕް ކުރަންޖެހެއެވެ.

މި ގިވް-އަވޭގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 28 ފެބުރުވަރީ 2026 އެވެ. މި މުއްދަތުގެ ތެރޭގައި ސައިން-އަޕް ކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް އައިފޯން ޕްރޯ މެކްސްއެއް ލިބިގެންދާނެއެވެ.

ޑީޖީޖީ އަކީ ރާއްޖޭގެ ގޭމިންގ ކޮމިއުނިޓީ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ޕްލެޓްފޯމެކެވެ. އެގޮތުން ދާދި ފަހުން ޑީޖީޖީ އިން ވަނީ މެގަޗިޕްއާ ގުޅިގެން އޭލިއަންވެއަރ ގޭމިންގ ބަންޑްލްއެއް ހޯދުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ. މި ބަންޑްލްގައި 34 އިންޗީގެ ގޭމިންގ މޮނިޓަރަކާއި، ވަޔަރޑް ހެޑްސެޓެއްގެ އިތުރުން ޓެންކީލެސް ގޭމިންގ ކީބޯޑަކާއި ވަޔަރލެސް ގޭމިންގ މައުސްއެއް ހިމެނެއެވެ.

ދިރާގު ގޭމާސް ގިލްޑުން ދަނީ ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ހުނަރުތައް އިތުރުކުރުމަށާއި، އެ ހުނަރުތައް ދައްކާލުމަށް ވާދަވެރި މުބާރާތްތައް ބާއްވައި، އަގުހުރި އިނާމުތައް ހުށަހަޅަމުންނެވެ. މިއީ ރާއްޖޭގެ ގޭމިންގ މާހައުލު އިތުރަށް ފުޅާކޮށް، ކުޅުންތެރިންނަށް އާ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: