ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލީގަލައިޒްވާ ބިދޭސީންނަށް ވަޒީފާ ހޯދައިދިނުމުގެ މަސައްކަތް ފަށަނީ

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންތަކެއް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ހުއްދައެއް ނެތި، ނުވަތަ ހުއްދައިގެ މުއްދަތު ހަމަވެފައިވާ އަދި ޞައްޙަ ލިޔުމެއް ނެތި އުޅޭ ބިދޭސީން ލީގައިލައިޒް ކުރުމަށް ހިންގި ”މާސް ލީގަލައިޒޭޝަން ޕްރޮގްރާމް“ ގެ ދަށުން ވަޒީފާ ބޭނުންވާ ބިދޭސީންނަށް ވަޒީފާ ހޯދައިދިނުމުގެ ޖޮބް މެޗިންގ މަސައްކަތް ހޯމް މިނިސްޓްރީން ފަށަން ނިންމައިފިއެވެ.

މި މަސައްކަތް ކުރިއަށްދާނީ ”އޮޕަރޭޝަން ކުރަނގީގެ ދަށުން“ ހިންގުމަށް ހަމަޖެހިފައިވާ ”މާސް ލީގަލައިޒޭޝަން ޕްރޮގްރާމް“ ގެ ބައެއްގެ ގޮތުގަ އެވެ.

ހޯމް މިނިސްޓްރީން ގެޒެޓުކުރި އިއުލާނުގައި ބުނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި، ނުވަތަ ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީންނާއި، ކާކުކަން އަންގައިދޭ ޞައްޙަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގެ ދަށުން ޤާނޫނީ ހައިސިއްޔަތު ލިބިފައިވާ ބިދޭސީންނަށް ވަޒީފާ ހޯދައިދިނުމަކީ މިނިސްޓްރީގެ މުހިންމު މަޤްޞަދެކެވެ.

އެގޮތުން، މިނިސްޓްރީއިން ހުޅުވާލި މުއްދަތުގެ ތެރޭގައި ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިވާ ބިދޭސީންގެ ތެރެއިން ވަޒީފާދޭނެ ފަރާތެއް ނެތް ބިދޭސީންނަށް މި ފުރުސަތު ލިބިގެންދާނެ އެވެ. އެހެންކަމުން އެ ބިދޭސީން މި ޢިއުލާނާއެކު އެޓޭޗްކޮށްފައިވާ ފޯމު ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމަށް ހޯމް މިނިސްޓްރީން ވަނީ އެދިފަ އެވެ.

މީގެ އިތުރުން، މި އެކުލަވާލެވޭ ދަފްތަރުގެ ތެރެއިން ވަޒީފާއަށް ބިދޭސީން ބޭނުންވާ ކަމުގައި ވަނީނަމަ، އެ އިންތިޒާމްތައް މިނިސްޓްރީއިން ހަމަޖެހިގެންދާނެކަމަށް އިއުލާނުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: