ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާ އަހަރާ ދިމާކޮށް ފުލުހުން ކުރިއަށްގެންދާ ޙާއްސަ އޮޕަރޭޝަން ”ރިވެލި“ ފަށައިފި!

ރާއްޖޭގައި ގޭންގުތަކުގައި ކުޑަކުދިން ހަރަކާތްތެރިވާ މިންވަރު އިތުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

އާ އަހަރު ފާހަގަކުރުމާ ދިމާކޮށް، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަން ”ރިވެލި“ ރަސްމީކޮށް ފަށައިފިއެވެ.

ފުލުހުންގެ ރަސްމީ އެކްސް އެކައުންޓުން މައުލޫމާތު ދީފައިވާ ގޮތުގައި، ކޮންމެ އަހަރަކުވެސް އާ އަހަރާ ދިމާކޮށް ކުރިއަށްގެންދާ މި އޮޕަރޭޝަން ފަށާފައިވަނީ އިއްޔެ މެންދުރުފަހު 15:00 ގައެވެ. މި އޮޕަރޭޝަންގެ ދަށުން ގިނަ އަދަދެއްގެ ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަމުންދާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި ވީސީޕީ ގާއިމުކުރުން

މި އޮޕަރޭޝަންގެ ތެރެއިން މާލޭގެ އެކި ސަރަހައްދުތަކުގައި ވެހިކަލް ޗެކްޕޮއިންޓް (ވީސީޕީ) ތައް ގާއިމުކޮށް، އުޅަނދުފަހަރު ބަލައި ފާސްކުރުމާއި މީހުންނާ ސުވާލުކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މިއީ މަގުމަތީގެ އަމާންކަން ދެމެހެއްޓުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށް ފުލުހުން ފާހަގަކުރެއެވެ.

މި އޮޕަރޭޝަންގައި ހާއްސަ ސަމާލުކަމެއް ދޭނެ ކަންތައްތަކުގެ ތެރޭގައި ވައްކަމާއި ފޭރުން ހުއްޓުވުމާއި، ބަނގުރަލާއި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތައް ބެލުން ހިމެނެއެވެ. މީގެ އިތުރުން، ސައިލެންސަރު މޮޑިފައިކޮށްގެން އަޑުގަދަކޮށް ދުއްވާ އުޅަނދުތައް ބަލައި ފާސްކުރުމާއި، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް އުޅޭ ފަރާތްތަކަށް ފާރަވެރިވެ ފިޔަވަޅު އަޅަމުންދާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުގައިވެސް ހަމަޖެހުން ގާއިމްކޮށް، ރައްޔިތުންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމަށް ފުލުހުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި އޮޕަރޭޝަނަކީ އާ އަހަރުގެ ބަންދާ ދިމާކޮށް ކުށްކުރުން މަދުކުރުމަށް ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: