ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރު އެންޓި ސްކޭމް ސެންޓަރަށް 814 މައްސަލައެއް ހުށައެޅި: ފުލުހުން

ޝެއާރކޮށްލާ ކަހަލަދޯ؟

2025 ވަނަ އަހަރުގެ މިހާތަނަށް އެންޓި ސްކޭމް ސެންޓަރ އަދި ސައިބަރ ކްރައިމް ސެންޓަރަށް 814 މައްސަލައެއް ހުށައެޅިފައިވާކަމަށް އިންސްޕެކްޓަރ އޮފް ޕޮލިސް އަޒީފް އައްބާސް ވިދާޅުވެއްޖެއެވެ.

އަޒީފް މިހެން ވިދާޅުވީ އެންޓި ސްކޭމް ސެންޓަރާއި ސައިބަރ ކްރައިމް ސެންޓަރުން ކުރަމުންދާ މަސައްކަތްތަކާއި ތަހުގީގުތަކުގެ މައުލޫމާތު ދިނުމަށް މިއަދު ހެނދުނު އިސްކަންދަރު ކޮށީގައި ބޭއްވި ޕްރެސް ކޮންފެރެންސްގައެވެ.

އަޒީފް ފާހަގަކުރެއްވި ގޮތުގައި މިއަހަރުގެ މިހާތަނަށް ހުށައެޅުނު މައްސަލަތަކުގެ އަދަދަކީ 2024 ވަނަ އަހަރާ އަޅާބަލާއިރު 90.2 އިންސައްތައިގެ އިތުރުވުމެކެވެ. މިއީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު ބޮޑުތަނުން އިތުރު އަދަދެއްކަން އޭނާ ފާހަގަކުރެއްވިއެވެ. ހުށައެޅިފައިވާ މައްސަލަތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މީގެ ތެރޭގައި އެންމެ ގިނައީ ސްކޭމް އަދި މަކަރާއި ހީލަތުގެ މައްސަލަތަކެވެ. އެއީ ޖުމްލަ މައްސަލަތަކުގެ 66.6 އިންސައްތައެވެ.

މި މައްސަލަތަކަކީ އީ-ކޮމާސްގެ ޒަރިއްޔާއިންނާއި، ތަފާތު ވެބްސައިޓްތަކާއި ވިޔަފާރި ޕްލެޓްފޯމްތަކުގެ އިތުރުން ފޯނު ކޯލްތައް މެދުވެރިކޮށް ހިންގާފައިވާ އަމަލުތަކެއްކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން، 10 އިންސައްތަ މައްސަލައަކީ ސޯޝަލް މީޑިއާ އެކައުންޓްތަކާއި މޮބައިލް ފޯނު ހެކްކުރުމުގެ މައްސަލަތަކެވެ. އަދި އަނެއް 10 އިންސައްތަ މައްސަލައަކީ އޮންލައިންކޮށް ބިރުދެއްކުމާއި، ބަރަހަނާ މަންޒަރުތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމާއި ބުލީކުރުން ފަދަ ހެރެސްމަންޓްގެ މައްސަލަތަކެވެ.

ބްލެކްމެއިލް ކުރުމުގެ މައްސަލަތަކާ ގުޅޭގޮތުން އަޒީފް ވިދާޅުވީ، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކުށްވެރިން ގުޅިގެން ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށް މިފަދަ އަމަލުތައް ހިންގާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ސައިބަރ ކްރައިމްއާ ގުޅުންހުރި އެހެނިހެން މައްސަލަތައް 13 އިންސައްތަ ހިއްސާކުރާއިރު، މިވަގުތުވެސް 111 މައްސަލައެއްގެ ތަހުގީގު ދަނީ ކުރިއަށެވެ.

މިއަހަރުގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެއްވީ ސްކޫލް ދަރިވަރުންނާއި ޓީޗަރުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ހިންގާ ”ކޮންފެޝަން ޕޭޖު“ ތަކުގެ މައްސަލައެވެ. މިފަދަ މައްސަލަތަކުގެ ތެރެއިން 3 ޕޭޖެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސީޒްކޮށްފައިވާއިރު، 19 ޕޭޖެއް އައިއެސްޕީތައް މެދުވެރިކޮށް ވަނީ ޓޭކްޑައުން ކޮށްފައެވެ. މީގެ އިތުރުން އިތުރު 30 ޕޭޖެއް މިހާރުވެސް މޮނިޓަރ ކުރަމުންދާކަމަށް އަޒީފް ވިދާޅުވިއެވެ.

އަޒީފް ވިދާޅުވީ، ސައިބަރ މައްސަލަތަކާ ގުޅިގެން މިހާތަނަށް ޖުމްލަ 1095 ފަރާތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށެވެ. ފުލުހުން ދަނީ މިފަދަ ކުށްތަކުން ރައްޔިތުން ސަލާމަތްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: