ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައިބަރ ކްރައިމާއި ގުޅުންހުރި ކަންކަމަށް ހޭލުންތެރިކުރުވުމަށް 78،000 މީހުންނާއި ހަމައަށް ވާސިލުވެއްޖެ: ފުލުހުން

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފަޔާޒު ވާހަކަދައްކަވާ މަންޒަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސައިބަރ ކްރައިމާއި ގުޅުންހުރި ކަންކަމަށް އާންމު ރައްޔިތުން ހޭލުންތެރިކުރުވުމަށް ފުލުހުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން 78،000 އަށްވުރެ ގިނަ މީހުންނާ ހަމައަށް ވާސިލުވެފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި މަޢުލޫމާތު ހާމަކޮށްފައިވަނީ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރާއި ސައިބަރ ކްރައިމް ސެންޓަރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފަޔާޒު ވިދާޅުވީ، އޮންލައިންކޮށް ހިންގާ ކުށްތައް މަދުކުރުމަށް 2025 ވަނަ އަހަރުގެ ތެރޭގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން 26،452 ފަރާތަކަށް އަމަލީގޮތުން ސެޝަންތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މީގެ ތެރޭގައި 12،408 ދަރިވަރުން، 9،603 ބެލެނެވެރިން އަދި ވަޒީފާތަކުގައި އުޅޭ 4،441 ފަރާތެއް ހިމެނެއެވެ.

ސައިބަރ އެވެއަރނެސް މަހުގެ ކާމިޔާބީ

ފުލުހުން ހާމަކުރި ގޮތުގައި 2025 ވަނަ އަހަރުގެ ސައިބަރ އެވެއަރނެސް މަސް ފާހަގަކުރުމަށް ރާއްޖޭގެ 90 ރަށެއްގައި ވަނީ ކެމްޕެއިންތައް ހިންގާފައެވެ. މި ހަރަކާތްތަކުގައި 70 ސްކޫލަކުން ބައިވެރިވެފައިވާއިރު، 8،585 ދަރިވަރުންނާއި 9،588 ބެލެނެވެރިންގެ އިތުރުން 2،114 މުވައްޒަފުންނަށް ވަނީ މަޢުލޫމާތު ދީފައެވެ. މުޅި ރާއްޖޭގެ ހުރިހާ އަތޮޅަކަށް އަމާޒުކޮށްގެން މި މަސައްކަތްތައް ވަނީ ފުޅާކޮށްފައެވެ.

މީގެއިތުރުން، ފުލުހުން ވަނީ 87 މުއައްސަސާއަކަށް ޒިޔާރަތްކޮށް ހޭލުންތެރިކުރުމުގެ ސެޝަންތައް ބާއްވާފައެވެ. އަދި ފުލުހުން ޕެޓްރޯލް ކުރުމުގެ ތެރެއިންނާއި ގޭގެއަށް ޒިޔާރަތްކޮށްގެން 16،000 އަށްވުރެ ގިނަ މީހުންނާ ބައްދަލުކޮށް ސައިބަރ ކްރައިމާ ގުޅޭ މަޢުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ފުލުހުން ވިދާޅުވީ އަމަލީގޮތުން ހިންގާ ސެޝަންތަކުގެ އިތުރުން، ޕަބްލިކް އިވެންޓުތަކާއި، ޓީވީ، ރޭޑިއޯ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގިނަ ހަރަކާތްތަކެއް މެދުނުކެނޑި ކުރިއަށްދާ ކަމަށެވެ. މި މަސައްކަތްތަކުގެ މައިގަނޑު މަގްސަދަކީ ޓެކްނޮލޮޖީގެ އެހީގައި ހިންގާ ސްކޭމްތަކާއި އެހެނިހެން ކުށްތަކުން ރައްޔިތުން ރައްކާތެރިކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: