ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަފާތު އެކި މައްސަލަތަކުގައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ގިނަ އަދަދެއްގެ ވޭޕުގެ ތަކެތި ނައްތާލައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ތަފާތު އެކި މައްސަލަތަކުގައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ގިނަ އަދަދެއްގެ ވޭޕުގެ ތަކެތި ނައްތާލައިފައިވާ ކަމަށް ފުލުހުން ބުނިއެވެ.

ފުލުހުން މައުލޫމާތު ދެމުން ބުނެފައިވަނީ، 442 ފްލޭވާޑް ކާޓްރިޖް، ތިން ނެނޯސިޓްކް އަދި އެއް ކާޓޫނު ސިނގިރޭޓުގެ އިތުރުން ހަތަރު ޝީޝާޕަފް ނައްތާލައިފައިވާކަމަށެވެ.

ފުލުހުން ބުނީ، އެ ތަކެތި ނައްތާލައިފައިވަނީ، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ވޭޕުގެ ތަކެތި ކަމަށެވެ. އެގޮތުން، އެ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން، އެކަމަށްޓަކައި އެކުލައިވައިލައިފައިވާ ކޮމިޓީގެ ބެލުމުގެ ދަށުން އެ ތަކެތި ނައްތާލައިފައިވާ ކަމަށް ފުލުހުން ބުނިއެވެ. އަދި، ނައްތާލެވުނު ވޭޕުތަކަކީ، ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގަލޮޅު ޕޮލިހާއި، ހެންވޭރު ޕޮލިހުގެ ބެލުމުގެ ދަށުގައި ހުރި ވޭޕުކަމަށް ފުލުހުން ބުނިއެވެ.

ރާއްޖޭގައި ވޭޕުގެ މައްސަލަތައް އިތުރުވަމުންދާތީ، ސަރުކާރުން ވަނީ ދުންފަތް ކޮންޓްރޯލްކުރުމާއި ބެހޭ ގާނޫނަށް އިސްލާހު ގެނެސް، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރާއްޖޭގައި ވޭޕުކުރުން މަނާކުރެވޭނެ ގޮތަށް ހަމަޖައްސާފައެވެ. މި އިސްލާހަކީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ބުނެއެވެ.

ވޭޕު އެތެރެކުރުން ހުއްޓުވުމަށްޓަކައި، މި އިސްލާހުގެ ދަށުން ރާއްޖެއަށް ވޭޕު އެތެރެކުރުމުގެ ޖޫރިމަނާއެއްގެ ގޮތުގައި 50،000 ރުފިޔާ ކަނޑައަޅާފައިވެއެވެ. އަދި ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ އިތުރު ޖޫރިމަނާއެއް ނެގުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ސަރުކާރުން ގެނައި މި އިސްލާހުގެ މަގްސަދަކީ، ރާއްޖޭގައި ދުޅަހެޔޮ ޖީލެއް ބިނާކޮށް، މުޖުތަމަޢުގެ ފަރުދުންގެ މެދުގައި އަށަގަނެފައިވާ ނުރަނގަޅު އާދަތައް ހުއްޓުވުން ކަމަށް ސަރުކާރުން ބުނެއެވެ.

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: