ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުޅީފަޅުން 2751 ގޯތީގެ ރެޖިސްޓްރީ ހައްދައި ހަވާލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން 2،751 މީހެއްގެ ގޯތީގެ ރެޖިސްޓްރީ ހައްދައި، އެ ފަރާތްތަކާ ހަވާލުކޮށް ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާރއިން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބިންވެރިޔާ ސްކީމްގެ ދަށުން ކުރިއަށްދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން ވިދާޅުވީ، ގުޅީފަޅުގެ ގޯތިތަކުގެ ރެޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާ ކަމަށެވެ. މީގެ ތެރޭގައި ކުރިން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުޅީފަޅަށް ބަދަލުކުރި ފަރާތްތައްވެސް ހިމެނެއެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި، ގިރާވަރުފަޅުން ކުރިން ގޯތި ލިބިފައިތިބި 1،114 ފަރާތެއްގެ ގޯތި މިހާރު ވަނީ ގުޅީފަޅަށް ބަދަލުކުރެވިފައެވެ. މި ފަރާތްތަކަށް ރަޖިސްޓްރީ ހަދައިދިނުމުގެ މަސައްކަތް 12 ޖުލައި 2025 އިން ފެށިގެން ސަރުކާރުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިހާތަނަށް 2،751 މީހެއްގެ ރެޖިސްޓްރީ ހައްދައި ނިމިފައިވާއިރު، ބާކީ ތިބި ފަރާތްތަކުގެ ރެޖިސްޓްރީތައް ހަދައި ހަވާލުކުރުމުގެ މަސައްކަތްތައްވެސް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ހައުސިންގް މިނިސްޓްރީން ވަނީ ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: