ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިންގ ގެ ފުރަތަމަ ކޯހުގެ ދަރިވަރުން ދަސްވެނިވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިންގ ގެ ފުރަތަމަ ކޯހުގެ ދަރިވަރުން ދަސްވެނިވުމުގެ ރަސްމިއްޔާތު ޑިސެންބަރު 28ވަނަ ދުވަހު ޅ. މާފިލާފުށީގައި ބާއްވައިފިއެވެ. އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ ވަޒީރު، އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫނެވެ.

މިދިޔަ ސެޕްޓެންބަރު 27 އިން ފެށިގެން 13 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚިޔާލުފުޅާ އެކު، ގައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ރައްޔިތުން ބިނާކުރުމަށް ފެށި މަޝްރޫއެކެވެ. މި ކޯހުގައި ރާއްޖޭގެ 108 ރަށަކުން 350 ދަރިވަރުން ބައިވެރިވިއިރު، އޭގެ ތެރޭގައި 64 އަންހެން ދަރިވަރުންނާއި 286 ފިރިހެން ދަރިވަރުން ހިމެނެއެވެ.

މި ތަމްރީނު ފުރިހަމަކޮށް ޖުމްލަ 344 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. މީގެ ތެރެއިން 96 އިންސައްތަ ދަރިވަރުން ވަނީ ކަނޑައެޅިފައިވާ މިންގަނޑުތައް ހާސިލުކޮށް، ސެޓިފިކެޓް 3 އިން ސިވިކް އެޑިޔުކޭޝަން އެންޑް ލީޑަރޝިޕް އެވޯޑް ހާސިލުކޮށްފައެވެ. ދަސްވެނިވި ދަރިވަރުންގެ އެވްރެޖް އުމުރަކީ 18 އަހަރެވެ.

މި ކޯހުގައި ދަރިވަރުންނަށް އުނގަންނައިދީފައިވާ މުހިންމު މާއްދާތަކުގެ ތެރޭގައި ދިވެހި ގައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ލީޑަރޝިޕާއި، އިސްލާމިކް ސްޓަޑީސްގެ އިތުރުން ފިޒިކަލް ޓްރޭނިންގ، ފަސްޓް އެއިޑް، އަދި ފަޔަރ ފައިޓިންގ ހިމެނެއެވެ. މި މާއްދާތައް ކިޔަވައިދީފައި ވަނީ ސިފައިންގެ މުދައްރިބުންގެ އިތުރުން ކަމާ ބެހޭ ވުޒާރާތަކުގެ ފަންނީ މާހިރުންނެވެ.

ދަސްވެނިވުމުގެ މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންގެ އިތުރުން ދަރިވަރުންގެ އާއިލާތަކުން ބައިވެރިވިއެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ އަމިއްލަ ނަފުސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ޒިންމާދާރު ދިވެހި ރައްޔިތުންތަކެއް މުޖުތަމައަށް ނެރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: