ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސޯޝަލް މިނިސްޓްރީއަށް މިއަހަރުގެ ތެރޭގައި، 17،000އަށް ވުރެ ގިނަ ފޯނު ކޯލުް، ހުރިހާ ފޯނު ކޯލަކަށް ޖަވާބު ދެވުނު: އައިޝަތު ޝިހާމް

މިނިސްޓަރ ޑރ. އައިޝަތު ޝިހާމު/ފޮޓޯ: ދަ މޯލްޑިވްސް ޖާނަލް
ޝެއާރކޮށްލާ ކަހަލަދޯ؟

2025 ވަނަ އަހަރުގެ މިހާތަނަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓަށް 17,000 އަށް ވުރެ ގިނަ ފޯނު ކޯލު ލިބިފައިވާ ކަމަށާއި، އެ ހުރިހާ ކޯލަކަށް ވެސް ޖަވާބު ދެވިފައިވާ ކަމަށް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޮކްޓޯބަރު މަހުގެ ނިޔަލަށް ރައްޔިތުންގެ ފަރާތުން ގިނަ އަދަދެއްގެ ކޯލުތައް ލިބިފައިވެއެވެ. މި ހުރިހާ ކޯލުތަކަކަށް ޖަވާބުދާރީ ވެވުނީ މުވައްޒަފުންނަށް ދެވުނު އެކަށީގެންވާ ތަމްރީނުތަކުގެ ސަބަބުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ހޮޓްލައިންތަކުގެ މަސައްކަތާއި ތަމްރީނު

މިނިސްޓްރީގެ ހޮޓްލައިންތަކާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ، 1431 ނަމްބަރަށް އިތުރު ހޮޓްލައިނެއް ވުޖޫދުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން 1412 އަދި 1421 ހޮޓްލައިންތަކުން ވެސް ރަނގަޅު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

”މިނިސްޓްރީއަށް ލިބޭ ފޯނު ކޯލުތަކަށް، އެކި އެކި ދިގު މުއްދަތުގެ ޓްރެއިންނިންގތައް ފޯރުކޮށްދީ، ރައްޔިތުން މިނިސްޓްރީގެ ހޮޓްލައިތަކަށް ގުޅާއިރު، އެކަށީގެންވާ ގޮތަށް، ހިދުމަތް ދެވޭނެހެން، އިތުބާރާއިއެކު، ފޯނު ކޯލުތަކުގެ ހިދުމަތް ދިނުމަށް މަސައްކަތްކުރެވިގެންދޭ،“ މިނިސްޓަރު ވިދާޅުވިއެވެ.

ރައްޔިތުންނާ ގާތުން ހިދުމަތް ދިނުން

މިނިސްޓްރީގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކޮށް، އަވަހަށް ޖަވާބުދާރީވުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ފަރާތުން ލިބޭ މައުލޫމާތުތަކުގެ އަލީގައި މައްސަލަތަކަށް ހައްލު ހޯދުމަށް ފަސޭހަވެގެންދާ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

ނިންމަވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ހޮޓްލައިންތަކަށް ގުޅާ ފަރާތްތަކުގެ މަޝްވަރާއާ އެކު، މިނިސްޓްރީގެ ސިސްޓަމަށް ބަދަލުތަކެއް ގެންނަމުންދާ ކަމަށެވެ. މިއީ ރައްޔިތުންނަށް އެންމެ އެކަށީގެންވާ ގޮތަށް އިޖާބަދެވޭނެ ފެންވަރަށް ހިދުމަތް ބައްޓަންކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: