ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ އެތެރޭގައި އަބަދުވެސް ދެބަސްވުން އޮވޭ، ދެ ރައީސުން ވެސް ވަނީ މައްސަލަ ހައްލުކޮށްފައި: މައުރޫފް

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އެތެރޭގައި ހުރި ދެބަސްވުންތައް އެއްފަރާތްކޮށް، މައްސަލަތަކަށް މަޝްވަރާކޮށް ކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އެ ޕާޓިން ބުނެފި އެވެ.

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ޕާޓީން ވަމުންދާ ތައްޔާރީތަކާއި ގުޅޭ މައުލޫމާތުތައް ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ އެމްޑީޕީއަކީ ޑިމޮކްރެޓިކް ހަމަތަކުގެ މަތީން ހިންގަމުންދާ ޕާޓީއެއް ކަމަށެވެ. އަދި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް އެމްޑީޕީވާއިރު ކަންކަމުގައި ހިޔާލުތަފާތު ނުވެ ނުދާނެކަމަށް މައުރޫފް ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވީ އެމްޑީޕީގެ އެތެރޭގައި އަބަދުވެސް ހިޔާލުތަފާތުވުންތައް އޮންނަކަމަށާއި، ޕާޓީން އެ މައްސަލައެއް ހައްލުވެސްކުރާކަމަށެވެ. އަދި އެކަން ރައްޔިތުންނަށް ވަރަށް ގާތުން ފެނިގެންގޮސްފައިވާނެކަމަށް މައުރޫފް ވިދާޅުވި އެވެ.

އެއަށްފަހު މައުރޫފް ދެން އިޝާރާތްކުރެއްވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެބޭފުޅުންގެ ދެމެދުގައި އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް ދޫކޮށް އަލުން ގުޅިގެން މަސައްކަތް ފެށުމެވެ. މައުރޫފް ވިދާޅުވީ ދެ ރައީސުންގެ ދެމެދުގައި ހުރި މައްސަލަތައް ހައްލުކުރެވިފައި ވާތީއާއި އެކު، ޕާޓީގެ މަސައްކަތްތައް ވަރަށް ފޯރިއާއިއެކު ކުރިޔަށްދާކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ބޮޑު ކާމިޔާބީއެއް ލިބޭނެކަމުގެ އުންމީދު އެބައޮތްކަމަށް ފާހަގަކުރައްވައި މައުރޫފް ވިދާޅުވީ މި އިންތިހާބުގެ މެޖޯރިޓީ ލިބޭނީ އިދިކޮޅަށް ކަމަށެވެ.

ސަރުކާރަށް ފާޑުކިއުން އަމާޒުކޮށް މައުރޫފް ވިދާޅުވީ ކައުންސިލް އިންތިހާބު އިދިކޮޅަށް ދޭންޖެހެނީ، ސީދާ ސަރުކާރު ބޭނުންވާ ގޮތަށް ގައުމުގެ ކަންކަން ބަދަލު ކުރުމަށް މަސައްކަތް ކުރަމުންދާތީ ކަމަށެވެ. އަދި ސަރުކާރުގެ އަމިއްލަ ފައިދާއަށް ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތައް ވެސް ނިގުޅައިގަންނަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވީ ފެންނަނީ ސަރުކާރުން ވައުދުތައް ތަކުރާރު ކުރަމުންދާ މަންޒަރުކަމަށާއި، މިހާތަނަށް ހިނގާ ބޮޑު މަޝްރޫއުއެއް ނެތްކަމަށެވެ. އަދި ޕްރޮޖެކްޓުތައް ހަވާލުކުރަމުން ދަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށްކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. ރަށްތަކަށް ކުރެއްވި ދަތުުރުތަކުގައި ސޮއިކުރި އެއްބަސްވުންތައް މައުރޫފް ސިފަކުރެއްވީ އިންތިހާބުގައި ވޯޓު ހޯދުމުގެ ބޭނުމުގައި އިއުލާނު ކުރި މަޝްރޫއުތަކެއްގެ ގޮތުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: