ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އަޅުގަނޑުގެ ގޮތެއް ހުންނާނެ، ވެރިކަމުގައި ކުށެއް ކުރެވުނުކަމަށް ޤަބޫލުކުރެވޭ ހިސާބުން އިސްތިއުފާ ދޭނަން”

ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމުގައި ހުއްޓާ އެމަނިކުފާނުގެ ކޮރަޕްޝަން މައްސަލައެއް ސާބިތުވާވަރަށް ދެއްކިއްޖެނަމަ ވަގުތުން އިސްތިއުފާ ދޭނެކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ.

މަވެސް ޕީޕީއެމް ގެ ނަމުގައި ޕީޕީއެމް އޮފީހުގައި ބޭއްވި އިވެންޓްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމްޑީޕީން އަބަދުވެސް ދިޔައީ އެމަނިކުފާނަށް ފާރަލަމުން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ އެކައުންޓަށް އެއްމިލައަން ޑޮލަރެއް ވަނީ 2015ވަނަ އަހަރުގައި ކަމަށެވެ.

އެއީ ސައްޙަ މައްސަލައެއް ކަމަށް ޤަބޫލު ކޮށްގެން އެ މައްސަލައިގައި އޭރު އެމަނިކުފާނުގެ ވެރިކަން އަޒުލް ކުރަން މަޖިލީހަށް ހުށަނޭޅީ ކީއްވެގެންތޯ އެމަނިފާނު ސުވާލުކުރެއްވިއެވެ. ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ފަލީހަތްކުރަން ބޭނުންވެފައި ތިއްބެފި ބޭފުޅުން އޭރުގައި އެމަނިކުފާނުގެ މައްސަލަ މަޖިލީހަށް ވައްދާ އެ މަނިކުފާނުގެ ވެރިކަން އަޒުލްކުރަން އުޅުއްވި ނަމަ މަޖިލީހުން އެކަން ކުރުމުގެ ކުރިން އެ މައްސަލައަކީ އެމަނިކުފާނު ކުށްވެރިވާ މައްސަލައެއް ނަމަ ވަގުތުން އިސްތުފާ ދެއްވާނެކަމަށެވެ.

“މި ހަމަ އާންމު ސިކުނޑިން ވިސްނާލައްވާ. އެއަށްވުރެން އަޅުގަނޑު ފަލީހަތްވާނެ ކަމެއް ނޯންނާނެ. އަދި އެހިސާބުން ތާއަބަދަށް، ރިޔާސީ އުންމީދަށް، ރިޔާސީ އިންތިޚާބަށް ނޫނީ، ރައީސް ކަމަށް ނޫނީ ރިޔާސީ ޒަޢާމަތަށް، އަޅުގަނޑު ކުރާ އުންމީދު މޮހޮރު ޖެހި ކަފުން ކުރެވި އެހާހިސާބުން ނިމުނީ ނޫންތޯ؟ އެހެންވީމަ މިއީ އާދައިގެ އިންސާނަކު ވިސްނާލިޔަސް އެނގޭނެ މިއީ، 2015 ވަނަ އަހަރު ހިނގާފައި އޮތްކަމެއް. އެމީހުން ތިބީ އަބަދުވެސް އަޅުގަނޑަށް ފާރަލާލާ. އެހެންވީމަ އޭރު އެއީ މައްސަލައެއްކަމަށް އެމީހުންނަށް ވަންޏާ، އެމީހުން އަޅުގަނޑު އަޒުލުކުރުމަށް ވުރެ ރަނގަޅު ސަބަބެއް ނުދެކޭނެ. އަޒުލު ކުރާކަށް މަޖިލީހުގެ މެޖޯރިޓީ ބޭނުމެއް ނުވާނެ. ބެނުން ނުވާ ސަބަބަކީ، އަޅުގަނޑަކީ ގޮތެއް ހުންނަ މީހެއް. އެކަހަލަ މައްސަލައެއް ނަގާ އަޅުގަނޑު ކުށްވެރިވާކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭނަމަ، ރައްޔިތުންގެ މަޖިލީހަކުން ނޫން އަޅުގަނޑުގެ ޒަޢާމަތް ނިމުމަކަށް ގެންނާނީ. އަޅުގަނޑު އަމިއްލައަށް އިސްތިއުފާ ދޭނަން”

ރައީސް ޔާމީން ވިދާޅުވީ އެ މަނިކުފާނު ވެރިކަމުގައި ހުންނެވިއިރު އޭރުގެ އިދިކޮޅު އޮތީ އެމަނިކުފާނު ވެރިކަމުން ދުރުކުރެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތުގައި ކަމަށެވެ. މިއަދު އުފުލާފައިވާ ދައުވާއަކީ ސައްހަ ދައުވާއެއް ކަމަށް ވާނަމަ އޭރު އެ މައްސަލަ ނޫފުލީ ކީއްވެގެންތޯ ވެސް ރައީސް ޔާމީން ވަނީ ސުވާލު ކުރެއްވި އެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ހުކުމް އިއްވުން މި މަހުގެ 28 ވަނަ ދުވަހު އޮންނާނެއެވެ. އެމަނިކުފާނު ވިދާޅުވަނީ އިންސާފުން ހުކުމެއް ކުރައްވާނަމަ އެމަނިކުފާނުގެ މައްޗަށް އެއްވެސް ކުށެއް ސާބިތު ނުވާނޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: