ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަރުގަދަ ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ، އަފްޣާނިސްތާނާއި ޕާކިސްތާނުފަދަ ގައުމުތަކުގެ ހާލަތަށް މިރާއްޖެ ވެއްޓޭނެ: ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒު

ޝެއާރކޮށްލާ ކަހަލަދޯ؟

ވަރުގަދަ ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ، އަފްޣާނިސްތާނާއި ޕާކިސްތާނުފަދަ ގައުމުތަކުގެ ހާލަތަށް މިރާއްޖެ ދާން މާގިނަދުވަހެއް ނުނަގާނެކަމަށް، ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން ވިދާޅުވެއްޖެއެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފައިޒު މިހެން ވިދާޅުވީ، ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި ފާއިޒު ވަނީ ފޮޓޯއެއް އެޓޭޗް ކުރައްވާ އެ ފޮޓޯއަކީ މިއަދު ފެނުނު ޚަބަރަކުން ނެގި ފޮޓޯއެއް ކަމަށް ވިދާޅުވެފައެވެ. އެ ފޮޓޯގައި ވަނީ އުމުރުން ފަންސާސް އަހަރުގެ ފިރިހެނަކު ދިހަ އަހަރުގެ ކުޑަ އަންހެން ކުއްޖަކާ ކައިވެނި ކުރާ މަންޒަރެވެ.

މިއަދު ދިވެހި ނޫސްތަކުން ފެންނަނީވެސް އެފަދަ ޚަބަރުތަކެއްކަން ފާހަގަކުރައްވަމުން ފާއިޒު ވިދާޅުވީ، ވަރުގަދަ ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ، އަފްޣާނިސްތާނާއި ޕާކިސްތާނުގެފަދަ ޤައުމުތަކުގެ ޙާލަތަށް ރާއްޖެ ދާން މާކަ ގިނަ ދުވަހެއް ނުނަގާނެކަމަށެވެ.

https://www.facebook.com/photo.php?fbid=2471922536423099&set=a.1692085284406832&type=3&theater

ފާއިޒު މިހެން ޓްވީޓްކުރައްވާފައިވާއިރުގައި، 13 އަހަރުގެ އަންހެން ކުއެްޖެއް ކޯޓުން ބެރުގައި 26 އަހަރުގެ ފިރިހެނަކާއި ކައިވެނިކޮށް ވިހާފައިވާ ކަމަށް ދަނީ އަޑުތައް ފެތުރެމުންނެވެ.

“ސަންގު” އަށް ކަށަވަރުވެފައިވާގޮތުން 13 އަހަރުގެ ކުއްޖާގެ މިއީ ފުރަތަމަ ކައިވެންޏެއް ނޫނެވެ. އެ ކުއްޖާގެ މައިންބަފައިން އެކުއްޖާގެ އުމުރުން އެންމެ 9 އަހަރުގައި ވެސް ކޯޓުން ބޭރުން އަމިއްލައިން އެހެން މީހަކާއި ކައިވެެނި ކުރުވިއެވެ. އަދި އިތުރު އެހެން މީހަކާއި ވެސް ކައިވެނި ކުރުވިވިއެވެ. އެއަށްފަހު، ހައްމާދުއާއި އެ ކުއްޖާއާއި ކައިވެނި ކުރުވީ އެ ކުއްޖާގެ އުމުރުން 12 އަހަރުގައެވެ. އެއީ މިދިޔަ އަހަރެވެ. މިހާރު އެ ބުނާ ކައިވެންޏަކަށް އެއް އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

އާދީއްތަ ދުވަހު ޖެންޑާއާއި ފުލުހުން އެކީ ނެރުނު ބަޔާނުގައި ވާގޮތުން 2018 ވަނަ އަހަރުގެ ތެރޭގައި ފުލުހުންގެ އިންޓެލިޖެންސްއަށް އެ އާއިލާއާއި ބެހޭ މައުލޫމާތު ލިބުނެވެ. އެއް އާއިލާއެއްގެ ކުދިންތަކަކަށް ލިބެންވާ ތަޢުލީމާއި ސިއްޙީ ހައްޤުތަކުން މަހުރޫމުކޮށްފައިވާ ކަމުގެ މަޢުލޫމާތު މިދިޔަ އަހަރުގެ ޖޫން މަހުގެ 6 ވަނަ ވަނަ ދުވަހު ލިބުނުކަމަށް ފުލުހުން ބުނެއެވެ. އެހެން ނަމަވެސް، ޖޫން މަހަކީ ކޯޓުން ބޭރުން ހައްމާދު ކުއްޖާއާއި ކައިވެނި ކުރި މަސްކަން ވަނީ ކަށަވަރުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: