ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2025 ގެ ނޮވެމްބަރު ނިމުނުއިރު ރިޒާވުގައިހުރި އަދަދު 10 އިންސައްތަ އިތުރު!

ދިވެހި ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ.
ޝެއާރކޮށްލާ ކަހަލަދޯ؟

2025 ވަނަ އަހަރުގެ ނޮވެމްބަރު މަސް ނިމުނުއިރު ރާއްޖޭގެ ރިޒާވުގައި ހުރި ފައިސާގެ އަދަދު 10 އިންސައްތައިން އިތުރުވެފައިވާކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭއިން ބުނެފިއެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅުންހުރި މައުލޫމާތުގައިވާގޮތުން 2024 ވަނަ އަހަރާއި އަޅާބަލާއިރު  2025 ވަނަ އަހަރުގެ ނޮވެމްބަރު މަސް ނިމުނުއިރު ރާއްޖޭގެ އާމްދަނީވަނީ 13 އިންސައްތަ ނުވަތަ 294.2 މިލިއަން ރުފިޔާއިން އިތުރުވެފައިކަމަށެވެެ. މިއީ ހިލޭ އެހީގެ ގޮތުގައި ކަނޑައެޅިފައިވާ އަދަދު ނުހިމަނާ ލިބިފައިވާ ކުރިއެރުމެވެ.

މި ކުރިއެރުން ލިބުމުގެ މައިގަނޑު ފަހަތުގައިވާ ސަބަބަކީ ޓެކްސް އާމްދަނީ އިތުރުވުމެވެ. މިގޮތުން ލިބުނު އާމްދަނީވަނީ 449.6 މިލިއަން ރުފިޔާއިން އިތުރުވެފައެވެ. ނަމަވެސް ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު އަދަދު މި މުއްދަތުގައި ދަށަށް ގޮސްފައިވާކަން ހާމަކޮށްފައިވެއެވެ.

މި މުއްދަތުގެ ތެރޭގައި ޖުމުލަ ހަރަދުވެސް ދަށްވެފައިވާއިރު ސަރުކާރުގެ ދަރަނީގެ އަދަދު 130.2 ބިލިއަން ރުފިޔާއަށް އަރާކަންވެސް ފާހަގަކޮށްފައިވެއެވެ. އެ މުއައްސަސާއިންވަނީ ރިޒާވުގައި ހުރި އަދަދަށް އައިސްފައިވާ ބަދަލުވެސް ފާހަގަކޮށްފައެވެ. އޮކްޓޫބަރު މަހުގެ ތެރޭގައި 11 އިންސައްތައިގެ އިތުރުވުމެއް އައުމަށްފަހު ނޮވެމްބަރު މަހުގެ ތެރޭގައި 10 އިންސައްތައިން އިތުރުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: