ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ މޭޔަރަކަށް ކުރިމަތިލަން، އިންތިޚާބުކޮށްދެއްވާ: ސޯބެ

އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު ޢަބްދުﷲ ޞާދިޤު (ސޯބެ): ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވާނެކަން، އެ ސިޓީގެ މިހާރުގެވެސް މޭޔަރު ޢަބްދުﷲ ޞާދިޤު(ސޯބެ) އިއުލާނުކުރައްވައިފިއެވެ.

ސޯބެ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުން ގެ ވޯޓުން ހޮވާ ރައްޔިތުންގެ މޭޔަރަކަށް ހޮވައި ދިނުން އެދި އިންތިހާބަށް ކުރިމަތި ލާކަމަށާއި ތާއީދު ކޮށްދެއްވައި ވޯޓު ދެއްވުން އެދޭ ކަމަށެވެ.

https://twitter.com/SobeAbdulla/status/1199355696472453120?s=20

ސޯބެއަކީ 2011 ވަނަ އަަހަރު އިންތިޚާބު ކުރި އައްޑު ސިޓީ ކައުންސިލަށް އިންތިޚާބުވިފަހުން މެދު ކެނޑުމެއްނެތި ކައުންސިލްގައި މޭޔަރެއްގެ މަޤާމު އަދާކުރައްވަމުން ގެންދަވާ ކައުންސިލަރެކެވެ. އެގޮތުން ސޯބެ މޭޔަރުކަން ކުރައްވާތާ މިއީ ތިންވަނަ ދައުރެވެ.

އައްޑޫ ސިޓީ ކައުންސިލްގައި ހަތް ކައުންސިލަރުން ތިއްބަވައެވެ. މީގެ ކުރިން ކައުންސިލްގެ މޭޔަރު ހޮޮވަނީ ކައުންސިލްެގެ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

ނަމަވެސް ލާމަރުކަޒީ ޤާނޫނަށް ގެންނަން ހަމަޖެހިފައިވާ އިސްލާހުގެ ދަށުން ދެން މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސުން ހޮވާނީ ސީދާ ރައްޔިތުންގެ ވޯޓަކުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: