ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިމާލޭ ފަޅުގައި އޮތް ބޯޓަކާއި ދޯންޏެއްގައި ރޯވެ 6 މީހަކު ފިހިއްޖެ

ފޮޓޯ: އެމްވީ ކްރައިސިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިމާލޭ ފަޅުތެރޭގައި އޮތް ތެޔޮ ބޯޓަކާއި ފަޅުތެރޭގައި އޮތް ދޯންޏަކާއި ތެޔޮ ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ހަ މީހަކު ފިހިއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ވިލިމާލޭ ފަޅުތެރޭގައި އަޅާފައި އޮތް ތެޔޮބޯޓަކާއި އިތުރު ދޯންޏެއްގައި އަލިފާން ރޯވެފައިވާ ކަމުގެ ރިޕޯޓް 22:40 ގައި ލިބިފައިވާ ކަމަށާއި، އަލިފާން ގަނޑު ކޮންޓްރޯލް ކޮށް ނިވާލާފައިވަނީ، 23:14 ހާއިރުކަމަށެވެ. މި ހާދިސާގައި 6 މީހަކު ފިހިފައިވާ ކަމަށާއި، އަލިފާންނިވަން އުޅުނު ސިފައިންގެ ބޭކަލެއްގެ ބޯފަޅައިގެން ގޮސްފައިވާކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ.

މި ހާދިސާގައި އެކަކު ވަރަށް ބޮޑަށް ފިހުނު ކަމަށް މައުލޫމާތު ލިބެއެވެ. ހާދިސާގައި އަނިޔާވި ފަރާތްތަކަށް ވިލިމާލޭ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. މިހާދިސާގައި ފިހުނު އެކަކަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ. މި އަލިފާންގަނޑު ނިވާލާފައިވަނީ އެމްއެންޑީއެފް، ފުލުިހުން އަދި އާންމުންގެ އެހީތެރިކަމާއެކުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: