ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއާރުއެމްގެ ނައިބު ރައީސުންނަށް ޔުމްނާ އާއި ނާދިރާ، އެސްޖީއަކަށް އަލީމް

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ރިފޯމް މޫވްމެންޓްގެ އިންތިޤާލީ ދެ ނައިބު ރައީސުންނަށް ޔުމްނާ މައުމޫނާއި ، އާމިނަތު ނާދިރާ އިންތިޚާބުކޮށްފިއެވެ.

އެމްއާރުއެމްގެ އެގްޒެކްޓިވް ކޮމިޓީގެ ފުރަތަމަ ބައްދަލުވުން އަންގާރަ ދުވަހު ކުރިޔަށް ގެންގޮސްފައިވާއިރު އެ ޕާޓީގެ އިންތިޤާލީ ދެ ނައިބު ރައީސުންނަށް އިންތިޚާބުވެވަޑައިގަތީ ދެ ކަނަބަލުންނެވެ. އެގްޒެކްޓިވް ކޮމިޓީގެ ސިއްރު ވޯޓަކުން، މިނިސްޓަރ އޮފް އާރޓްސް،ކަލްޗަރ އެންޑް ހެރިޓޭޖް އަދި އެ ޕާޓީގެ މުއައްސިސް ޔުމްނާ މައުމޫނު އިންތިޚާބުވި އިރުގައި ދެން އެ މަޤާމަށް އިންތިޚާބުވީ އާމިނަތު ނާދިރާއެވެ.

null

އެމްއާރުއެމްގެ ސެކެޓްރީ ޖެނެރަލްއަކަށް ހުރިހާ މެންބަރުންގެ އިއްތިފާޤުން އިންތިޚާބުވީ، ޢަބްދުލް އަލީމުއެވެ. އަލީމަކީ ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލްކަންވެސް ކޮށްފައިވާ ބޭފުޅެކެވެ.

null

އެމްއާރުއެމްގެ އެގްޒެކްޓިވް ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ހުރިހާ މެންބަރުން އޮރެންޖް ކުލަ ބޭނުންކޮށްފައިވަނީ އަންހެނުންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް ކުރާ ކެމްޕެއިން “ސިކްސްޓީން ޑޭ އޮފް އެކްޓިވިސަމް” ގައި ބައިވެރިވުމުގެ ގޮތުންކަމަށް އެމްއާރުއެމުން މައުލޫމާތުދެއެވެ.

މި ޖަލްސާގެ ރިޔާސަތު ބަލަހައްޓަވައި ދެއްވީ އެ ޕާޓީގެ އިންތިޤާލީ ރައީސް އަދި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: