ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެއްލިގެން ހޯދަމުންދިޔަ ސަޢީދު މަރުވެފަ އޮއްވާ ފެނިއްޖެ!

ގެއްލިގެން ހޯދަމުންދިޔަ ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. މަޑަވެލިން މަސް ހިފަން ގޮސް އުޅެނިކޮށް، ގެއްލިގެން ހޯދަމުންދިޔަ މީހާ މޫދު ތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މިއަދު މެންދުރު 1:00 ގައި މަސް ހިފާ ދަލެއް ހިފައިގެން ރަށުގެ ފަރު މައްޗަށް ދިޔަ ގޮތަށް ހަބަރެއް ނުވެގެން ހޯދަމުންދިޔައީ މަޑަވެލީ/ ގަމަރީ، މުހައްމަދު ސައީދު، 72 އެވެ.

މަޑަވެލި ސިއްހީ މަރުކަޒުގެ އިސް އޮފިޝަލަކު އޮންލައިން ނޫހެއް ކަމުގައިވާ “ވަން” އަށް ވިދާޅުވީ، ސަޢީދު ފެނިފައިވަނީ، މަސް ހިފަން ދިޔަ ސަރަހައްދުން ކަމަށެވެ. އަދި ސިއްހީ މަރުކަޒަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

އޭނާ މަރުވީ ކިހިނެއް ވެގެން ކަމެއް އަދި ނޭނގޭ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: