ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީންގެ މައްޗަށް ހުކުމް ކުރުން މާދަމާ މެންދުރު 1:30 ގައި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ދައުލަތުން، އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ހުކުމް އިއްވުން، ބުރާސްފަތި ދުވަހުގެ 13:30އަށް ތާވަލުކޮށްފިއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ކުރިއަށް ދާއިރު، އެ މައްސަލަ މިހާރު އޮތީ ހުކުމް ކުރުމާއި ހަމައިގައެވެ. މި މަހުގެ ފަސްވަނަ ދުވަހު އެ މައްސަލައިގައި ހުކުމް ކުރުމަށް ތާވަލުކޮށްފައިވަނިކޮށް އޭރު އެ މައްސަލަ ބައްލަވަމުން ގެންދެވި ކްރިމިނަލް ކޯޓުގެ އިސް ގާޟީ އަޙްމަދު ހައިލަމް ގެ ސުލޫކީ މައްސަލައެއް ބަލަމުންދާކަމަށް ބުނެ، ޖޭއެސްސީން ވަނީ ހައިލަމް ސަސްޕެންޑުކޮށްފައެވެ.

ހައިލަމް ސަސްޕެންޑުކުރުމަށް ފަހު ކްރިމިނަލް ކޯޓުގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ ގާޟީ ޢަލީ ރަޝީދެވެ. ހައިލަމް ސަސްޕެންޑުކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ރައީސް ޔާމީންވެސް ވަނީ އެކަމާއި ގުޅިގެން ކަންބޮޑުވުންތަކެއް ހާމަކުރައްވާފައެވެ. އަދި ހައިލަމް ވަނީ ހައިލަމްއަށް ވަކިގޮތަކަށް ހުކުމް ކުރުމަށް ސަރުކާރުގެ ފަރާތުން ނުފޫޒުފޯރުވުމަށް މަސައްކަތްކުރިކަމަށްބުނެ ބަޔާނެއްވެސް ނެރުއްވާފައެވެ. މި މައްސަލައިގެ ހުކުމާއި ހަމައަށް ގޮސްފައިވަނިކޮށް މައްސަލައިގެ ޝަރީޢަތް އާދީއްތަ ދުވަހަށް ތާވަލުކޮށްފައިވާއިރު، އެ މައްސަލަ ބެލުމަށް ވަނީ ފަސް ފަނޑިޔާރުން އެކުލެވޭ ބެންޗެއް ހަމަޖައްސާފައެވެ.

ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު މި މައްސަލައިގައި އެދޭ ގޮތް ހާމަކުރަން ޝަރީއަތުގެ މަޖިލީހުގައި ގާޒީ އަލީ ރަޝީދު އެދިވަޑައިގަތުމުން އިބްތިދާއީ އަޑު އެހުމުން ފެށިގެން އަލުން ކުރިއަށް ގެންދިއުން ރައީސް ޔާމީންގެ ފަރާތުން އެދިލެއްވިއެވެ. އަދި މި މައްސަލައިގައިިކޮންމެ ގޮތަކަށް ނިންމިޔަސް މައްސަލައެއް ނެތް ކަމަށް ދައުލަތުން ވަނީ ވިދާޅުވެފައެވެ. މި މައްސަލައިގައި ފަނޑިޔާރުންގެ ބެންޗުން ނިންމީ ދެންނަ އަންނަން އޮތް ޝަރީޢަތުގެ މަޖިލީހެއްގައި ހުކުމް އިއްވުމަށެވެ.

ފަސް ފަނޑިޔާރުންގެ ބެންޗުގައި އިސްކޮށް ހުންނެވި ގާޒީ އަލީ ރަޝީދު ވިދާޅުވީ ޖިނާއީ އިޖުރާއަތުގައި ބުނާ ގޮތުން އަލުން މައްސަލަ ބަލަން ޖެހޭނީ އިންސާފު ނުގެއްލޭ ނަމަ ކަމަށެވެ. މި މައްސަލަ ބައްލަވާ އިސްގާޒީ އަލީ ރަޝީދަށް އިތުބާރު ނެތް ކަމަށް ބުނެ މައްސަލައިން ތަނާޒުލުވެލެއްވުމަށް ރައީސް ޔާމީންގެ ފަރާތުން އެދުނު ކަމުަގައިވީ ނަމަވެސް އެކަން އެގޮތަށް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށާ، މައްސަލަ ކުރިއަށް ގެންދާނީ އިންސާފުވެރިކަމާއި އެކު ކަމަށް ގާޒީ އަލީ ރަޝީދުވަނީ ވިދާޅުވެފައެވެ.

ފަނޑިޔާރުންގެ ބެންޗުގައި ޢަލީ ރަޝީދު އިންނަވަނީ، ޖިނާއީ އިޖުރާތު ޤާނޫނާއި ޚިލާފަށްކަމަށްބުނެ ރައީސް ޔާމީންގެ ފަރާތުންވަނީ ސުޕްރީމް ކޯޓަސް މައްސަލައެއް ހުށަހަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: