ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުގަނޑު ނެތަސް ޕާޓީއަށް “މިނިކާ ބާޒުތައް” އަޔަ ނުދޭތި: ރައީސް ޔާމީން

ފޮޓޯ:ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމަނިކުފާން ޖަލަށްލައިފި ނަމަ އިދިކޮޅު ކޯލިޝަނަށް ސަވާރުވާން އަންނަ “މިނިކާ ބާޒުތަކަށް” ފުރުސަތު ނުދެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ވަސިއްޔަތް ކުރައްވައިފި އެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާއާ ގުޅޭ ހުކުމް ކުރުން ބުރާސްފަތި ދުވަހުގެ 13:30އަށް ކުރިމިނަލް ކޯޓުން ތާވަލްކޮށްފައިވާތީ ބުދަދުވަހުގެ ރޭ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މި ޖައްބާރު ސަރުކާރުން ކިތަންމެ ގޮތަކަށް ކަންކަން ރާވަމުން ދިޔަ ނަމަވެސް މާތްﷲގެ ރޭވުމާ ހިލާފަށް އެއްވެސް ކަމެއް ކުރިއަށް ނުދާނެ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ސިޔާސީ އާއިލާ ހިތްދަތިވާ ފަދަ ހުކުމެއް އަތުވެދާނެ ކަމަކަށް އުއްމީދު ނުކުރައްވާ ކަމަށެވެ.

 

“އަޅުގަނޑު މިތާ ނެތުމަކުންނެއް އަޅުގަނޑު ޕާޓީގެ މައްޗަށް މިނިކާ ބާޒުތަކެއް ސަވާރުވިޔަ ނުދެއްވަށްޗޭ. އެއީ އެއްގޮތަކަށްވެސް ޖާގަ ދީގެން ވާނެ ކަމެއް ނޫން،”

ނަމަވެސް ފަހަރެއްގައި ދެރަގޮތެއް މާދަމާ ވެދާނެ ކަމަށާއި ޖަލަށްލާނަމަ އެ ލަނީ އެމަނިކުފާނު ނޫން ކަމަށާއި އެއީ މިސަރުކާރާ ދެކޮޅަށް ކުރައްވާ މަސައްކަތް ޖަލަށްލުން ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި އެމަނިކުފާން ޖަލަށްލައިފި ނަމަ އިދިކޮޅުގެ ހަރަކާތްތައް ވަރުގަދަޔަށް ހިންގުމަށް އެމަނިކުފާނު ވަނީ ސަޕޯޓަރުންނަށް ވަސިއްޔަތް ކުރަައްވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ ޝަރީއަތް ލައިވް ކޮށްގެން ކުރިއަށް ގެންދިޔައީ ފަލީހަތް ކުރަން ކަމަށާއި އެކަމަކު އެކަން އެހެން ނުވިކަމަށެވެ. އަދި އަދުލްވެރި އިންސާފުވެރި ޝަރީއަތެއް ހިންގައިފިނަމަ އެމަނިކުފާނުގެ މައުސޫމްކަން މިހާރު މައްސަލަ ބަލަން ހަވާލުވެފައިވާ އޮތް ބެންޗަށް ވެސް އެނގިގެން ދާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

“ދުވަސްކޮޅަކަށް ތިޔަ ބޭފުޅުންނާ ވަކިވެލާން ޖެހުނަސް، ދެން ތިއްބެވި އިސް ބޭފުޅުންނަށް ހިތްވަރު ދެއްވުމަށް މިފަދަ ބައްދަލުވުންތަކަށް ގިނަގިނައިން ވަޑައިގަންނަވާށޭ، އަޅުގަނޑު ނެތޭ ކިޔާފަ އަޅުގަނޑުމެންގެ ޕާޓީގެ މައްޗަށް މިނިވާ ބާޒުތަކެއް ސަވާރުވިޔަ ނުދެއްވައްޖޭ، އެއީ ޖާގަ ދީގެން ވާނެ ކަމެއް ނޫން”

ރައީސް ޔާމީން ވިދާޅުވީ ކުރިން އެމަނިކުފާނު ޖަލަށް ދާން ޖެހުމުން ޕާޓީއަށް ނިކަމެތިކަން ލިބުނު ކަމަށާއި މުހިންމު ބޭފުޅުންނާއި ސަޕޯޓަރުން ޕާޓީ ދޫކޮށް ދިޔަކަމަށެވެ. އެކަން މިފަހަރު އެއްވެސް ބޭފުޅަކު ނުކުރެއްވުމަސް ރައީސް ޔާމީން އިލްތިމާސްކުރެއްވިއެވެ.

ރައީސް ޔާމީން ވަނީ މި ސަރުކާރަސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މިސަރުކާރު މިހާރު އޮންނަނީ ހަމައެކަނި ސިފައިންނާއި ފުލުހުންގެ ތެރެއިން ލިބޭ އެއްބާރުލުމަކާއި ހެދިކަމަށާއި ސަރުކާރަށް ރައްޔިތުންގެ ލޯތްބެއް ތާއީދެއް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.އެގޮތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރަށްރަށަށް ވަޑައިގެންނެވުމުން މަރުހަބާ ދަންނަވަން ނުކުންނަނީވެސް މަދު ބައެއް ކަމަށް ޔާމީން ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: