ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ސަޕޯޓަރުން ސާބިތުވެ ތިއްބަވާ، ރައީސް ޔާމީން އެނބުރި 2023 ވަނަ އަހަރު ރައްޔިތުންނަށް ޚިދުމަތްކުރައްވާނެ”: ސައީދު

ފޮޓޯ:މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޢަބްދުﷲ ޔާމީންގެ ސަޕޯޓަރުން ސާބިތުވެ ތިއްބެވުމަށާއި، ރައީސް ޔާމީން އެނބުރި 2023 ވަނަ އަހަރު ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރައްވާނެކަމަށް މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮހްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމިންގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ ސައީދު ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަސް ކޯށްފައިވާ ދައުވާއަކީ ސިޔާސީ ދައުވާއެއް ކަމަށާއި، މި ސަރުކާރުން މަސައްކަތް އެ ކުރަނީ ސަރުކާރުން ރައްޔިތުންނަށް ވީ ސިޔާސީ ވައުދެއް ފުއްދުމަށްކަމަށެވެ. އެގޮތުން ޖޭއެސްސީގެ ތެރެއިންނާއި ރައްޔިތުންގެ މަޖިލިސްތެރެއިން ފަނޑިޔާރުންނަށް ބިރުދައްކައިގެން ރައީސް ޔާމީން ޖަލަށް ލުމަށް މި ސަރުކާރުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާކަމަށްވެސް ސއީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ޖޭއެސްސީގައި އޮތީ ރައީސް ނަޝީދުގެ ބާރުކަމަށާއި، ޖޭއެސްސީތެރެއިން ގޮތް ނިންމަވަން ތިބީ ރައީސް ނަޝީދުގެ ލީގަލް ޓީމުގެ ބޭފުޅުންކަމަށެވެ. އަދި ރައީސް ޔާމީނަކީ މިވަގުތު ރާއްޖޭގައި ހުރި ހަމައެކަނި ސިޔާސީ އިދިކޮޅު ލީޑަރުކަމަށާއި، ރައީސް ނަޝީދު އެ މަސައްކަތް ކުރައްވަނީ ނަޝީދުގެ ސިޔާސީ ވާދަވެރިޔާ ޖަލަށްލުމަށްކަމަށްވެސް ސައީދު ވިދާޅުވިއެވެ.

“ރައީސް ޔާމީނަށް ހުކުމެއް ޖެހުން އެއީ، އެމްޑީޕީގެ ސިޔާސީ ވައުދެއް

ސައީދު ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ޖަލު ހުކުމެއް ކޮށްފާނެހެން ހީވާ ހުރިހާ އަލާމާތެއް ސަރުކާރުގެ ތެރެއިންނާއު، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ފެނިފައިވާކަމަށެވެ. އަދި ރައީސް ޔާމީން ޖަލަށް ލި ކަމުގައިވިޔަސް އެއީ ވަގުތީ ކަމެއް ކަމަށާއި، އެކަމާއި އެމަނިކުފާނުގެ ސަޕޯޓަރުން ހިތްވަރު ދެރަނުކޮށް ސާބިތު ކަމާއެކުގައި ތިއްބެވުމަށް ސައީދު ގޮވާލެއްވިއެވެ. ސައީސު ވިދާޅުވީ 2023 ވަަނަ އަހަރުގައި އަނެއްކާވެސް ރައީސް ޔާމީން އަލުން އަނބުރާ ދިވެހިރާއްޖެއަށް ޚިދުމަތްކޮށްދޭން ފައްޓަވާނެކަމަށެވެ.

“ސާބިތުވެ ތިއްބަވާށޭ އިނގޭތޯ! ޙައްޤަށް ﷲގެ ވާގިފުޅާއެކު ކާމިޔާބު ލިބޭނޭ. އަދި މި ދުވަހަކީވެސް ނިމިދާނެ ދުވަހެކޭ. ރައީސް ޔާމީން އިރާދަކުރެއްވިއްޔާ އެނބުރި 2023ގައި މި ޤައުމަށް ޚިދުމަތްކުރެއްވުމަށްޓަކައި، އެނބުރި ވަޑައިގެންނަވާނޭ”

ޕީއެންސީގެ ނައިބުރައީސްކަންވެސް ކުރައްވަ ސައީދު ވިދާޅުވީ، ރައީސް ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ހޯދުމަށް ބައިނަލް އަޤުވާމީ އެކިއެކި ޖަމާޢަތްތަކާއި ގުޅިގެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ދާކަމަށެވެ. އަދި ރައީސް ޔާމީން ޖަލަށް ލައިގެން އިދިކޮޅު ފިކުރު ފޮހެވިގެން ނުދާނޭކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: