ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ މުވައްޒަފުންނަށް ކުރާ ހަރަދުން 10 ރަށުގެ ފެނާއި ނަރުދަމާ ގާއިމްކުރެވޭނެ: ޢަފޫރު

މެމްބަރު ޢަފޫރު: ފޮޓޯ/ އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ މެންބަރުން ގުޅިގެން އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރަންޖެހޭ ކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެ އެވެ.

ޢަފޫރު މިހެން ވިދާޅުވީ އެމްޑީޕީގެ ހަރުގެ ޖަލްސާގައި ރޭ ވާހަކަދައްކަމުންނެވެ.

ކައުންސިލް އިންތިހާބާއި ގުޅިގެން އެމްޑީޕީއިން ބާއްވަމުންދާ އެއްވުންތަކުގެ ތެރެއިން، އިންތިހާބާއި ގުޅިގެން ރޭ ދެއްކެވި ވާހަކައިގައި ޢަފޫރު ވިދާޅުވީ، އެމްޑީޕީން ކައުންސިލް އިންތިހާބަށް ނިކުމެ ތިބީ އުއްމީދަކާ އެކުކަމަށެވެ. އެކަމަކު އެމްޑީޕީގެ އުއްމީދު ހަގީގަތަކަށް ހެދުމަށްޓަކައި މިހާރު ހުރި ހިޔާލުތަފާތުވުންތައް އެއްފަރާތްކޮށް، ގަދަކޮށް ތިބެންޖެހޭކަމަށެވެ.

އުފެދޭ ޚިޔާލު ތަފާތުވުންތަކުގެ ތެރޭގައި ނުކަސިޔާރު ކަންތައް ކުރަން ވެއްޖިއްޔާ ބޭނުންވާ އަދަދަށް ގޮނޑިތައް ކާމިޔާބު ނުކުރެވޭނެކަމަށް ޢަފޫރު ވިދާޅުވިއެވެ.

މީގެ އިތުރުން ޢަފޫރު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އައްޔަން ކުރައްވާފައިވާ ސިޔާސީ މަގާމުތަކުގައި ތިއްބެވި މުވައްޒަފުންގެ މުސާރައަށް ރައްޔިތުންގެ ޓެކްސް ފައިސާއިން މަހަކު 160 މިލިއަން ރުފިޔާ ހޭދަވާކަމަށާއި އެއީ 10 ރަށުގެ ފެނާއި ނަރުދަމާ ގާއިމްކުރެވޭނެ މިންވަރުގެ ފައިސާކަމަށް ވިދާޅުވިއެވެ. މި ސަރުކާރަށް ރައްޔިތުންގެ ކަންކަން ފުއްދުމަށް 174 ބިލިއަން ރުފިޔާ ދީފައިވީ ނަމަވެސް، އެ ފައިސާއިން ރަށްރަށުގެ ތަރައްގީއަށް ކުރެވުނުކަމެއް ފެންނަން ނެތްކަމަށްވެސް ޢަފޫރު ވިދާޅުވިއެވެ.

ދުނިޔޭގެ އެންމެ ބޮޑު ބާރުކަމަށްވާ އެމެރިކާގެ ސަރުކާރުގައި ތިއްބަވަނީ އެންމެ 4،000 ސިޔާސީ މުވައްޒަފުންކަމަށްވާއިރު، ރާއްޖެފަދަ ގައުމެއްގައި ހިންގާ ވެރިކަމެއްގައި އެ އަދަދު 4،100 އަށް އަރާފައިވާ ޣަފޫރު ވިދާޅުވިއެވެ.

ރަނގަޅު އެމްޑީޕީގެ ވެރިކަމުގައި ދަރަނި ބޮޑުވެގެން ދިޔަ ހާލަތެއް ވެސް އައި. އެއީ ކޮވިޑުގެ ހާލަތުގައި. އޭރު ޖެހުނީ ހަރަދު ވެސް ކުރަން. އޭރު އާމްދަނީ ވެސް ނުލިބި ހަރަދު ކުރަން ޖެހުނީ. އޭގެ ސަބަބުން ދަރަނި ބޮޑުވެގެން ދިޔަ. އެއީ ހަގީގީ ހާލަތެއް.

ޣަފޫރު ވިދާޅުވިއެވެ.

ދައުލަތުގެ ދަރަންޏާ ގުޅޭ ގޮތުން ޣަފޫރު ވިދާޅުވީ، މި އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 168 ބިލިއަން ރުފިޔާގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެ ތެރެއިން 28 ޕަސެންޓަކީ މި ސަރުކާރުން އުފެއްދި ދަރަނި ކަމަށާއި، މިއީ ވޭތުވެދިޔަ ހަ ސަރުކާރުގައި ވެސް ނުއުފައްދާ މިންވަރެއްގެ ބޮޑު ދަރަންޏެއްކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ވެރިކަމުގައި ދަރަނި ބޮޑުވެގެން އައީ ކޮވިޑްގެ ހާލަތުގައި އެކަނިކަމަށްވެސް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: