ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރުމަވަންތަ ހޮސްޕިޓަލް ނެޝަނަލް ފާޓިލިޓީ ސެންޓަރުން ހެދި އައިވީއެފް ކާމިޔާބު!

ދަރުމަވަންތަ ހޮސްޕިޓަލުގެ ނޭޝަނަލް ފަރޓިލިޓީ ސެންޓަރ
ޝެއާރކޮށްލާ ކަހަލަދޯ؟

ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ ނޭޝަނަލް ފަރޓިލިޓީ ސެންޓަރުގައި އައިވީއެފް (IVF) މެދުވެރިކޮށް ފަރުވާ ހޯދި އާއިލާއަކަށް، ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ދަރިއަކު އުފަންވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން އައިޖީއެމްއެޗް ނެރުނު ބަޔާނުގައި ބުނީ އައިވީއެފް މެދުވެރިކޮށް ކާމިޔާބުކަމާއި އެކު ދަރިފުޅު އުފަންވީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. އަދި ދަރިފުޅުގެ ހާލު ރަނގަޅުކަން ފާހަގަކޮށް މި ކާމިޔާބީ ހާސިލުކުރުމުގައި ޑޮކްޓަރުންނާއި ނަރުހުން އަދި ފާޓިލިޓީ ސެންޓަރުގެ ހިއްސާ ބޮޑުކަން ވަނީ ފާހަގަކުރައްވާފަ އެވެ.

އައިޖީއެމްއެޗްއިން ބުނީ މި ކާމިޔާބީއަކީ ރާއްޖޭގައި ދަރިމައިވުމުގެ ފަރުވާތައް ކުރިއެރުވުމާއި ދަރިން ހޯދުމަށް އެދޭ އާއިލާތަކަށް އައު އުންމީދެއް ހޯދުމަށް ކުރަމުން ދިޔަ މަސައްކަތުގައި ހާސިލުވި ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

މި ކާމިޔާބީއަކީ އާއިލާއެއް ބިނާ ކުރުމުގެ އުންމީދުގައި ތިބި ކޮންމެ ދެމަފިރިއެއްގެ ހުވަފެންތައް ހަގީގަތަކަށް ހަދައި ދިނުމަށް ގެންގުޅޭ މަގްސަދު ރަމްޒުކޮށްދޭކަމެއްގެ ގޮތުގައި ވެސް ބަޔާނުގައި ވެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ފަރުވާ ބޭނުންވާ ފަރާތްތަކަށް ޒަމާނީ ވަސީލަތްތަކުގެ އެހީގައި އޯގާތެރިކަމާއެކު ހިދުމަތް ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ވަނީ ދީފައެވެ.

މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވެސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާތް ﷲގެ މިންވަރުފުޅާއެކު ލިބުނު މި ތާރީހ ކާމިޔާބީއަކީ ރާއްޖޭގައި ދަރިމައިވުމުގެ ސިއްހަތާ ގުޅޭ ފަރުވާ ހޯދަމުންދާ އާއިލާތަކަށް ލިބުނު ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ. އަދި މި މަސައްކަތުގައި ޝާމިލްވި ނޭޝަނަލް ފަރޓިލިޓީ ސެންޓަރުގެ ޓީމަށާއި، އެކި ގޮތްގޮތުން އެހީތެރިވި ހުރިހާ ޑިޕާޓްމަންޓުތަކަށް އޭނާ ވަނީ ޝުކުރާއި މަރުހަބާ ދަންނަވާފައެވެ.

ހަލީމް ވިދާޅުވީ އައިވީއެފްގެ ހިދުމަތް ހޯދުމަށް ރާއްޖެއިން ބޭރުގައި ގިނަ ދުވަސް ހޭދަކުރަން ޖެހުމަކީ، މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ދިވެހި އާއިލާތަކަށް އުފުލަމުންދިޔަ ބޮޑު ތަކުލީފެއް ކަމަށެވެ. އަދި މިކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދާއި އެއްގޮތަށް، 15 ނޮވެންބަރ 2024 ގައި ރަސްމީކޮށް އެމަނިކުފާނު ހުޅުވައިދެއްވި ނެޝަނަލް ފަރޓިލިޓީ ސެންޓަރަކީ، ދިވެހި އާއިލާތަކަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއްކަމަށް ވިދާޅުވި އެވެ.

މި މުހިންމު ހިދުމަތް ފަށްޓަވައި، ރާއްޖޭގައި މި ހިދުމަތް މުޅިން ހިލޭ ލިބޭނެގޮތް ހަމަޖައްސަވައިދެއްވައި، ރައްޔިތުންގެ ތަކުލީފުތަކަށް ނިމުމެއް ގެނެސްދެއްވި ކަމަށްޓަކައި ހަލީމް ވަނީ ރައީސް މުއިއްޒަށް ޝުކުރު އަދާކުރައްވާފަ އެވެ. ދަރިމައިވުމުގެ ސިއްހަތާއި ގުޅޭ ފަރުވާތަކަކީ، ދިވެހި އާއިލާތައް ބިނާކޮށް، ދުޅަހެޔޮ މުޖުތަމައެއް ގާއިމުކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި އަސާސީ ހިދުމަތެއްކަން ހަލީމް ވަނީ ފާހަގަކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: