ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭހުގެ އަގު ހިފެހެއްޓުމުގެ ކުރިން ހިދުމަތް ލިބިގަތް މީހުންގެ އިތުރުވި ރޭޓަށްވުރެ ހަރަދު ބޮޑުވެގެންދިޔަ ރޭޓު އިތުރު!

އާސަންދައިގެ ހިދުމަތް ލިބޭކަން އަންގައިދޭ ބޯޑެއް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭހުގެ އެންމެ މަތީ އަގު ކަނޑައެޅުމުގެ ގަވައިދު ތަންފީޒު ކުރުމުގެ ކުރިން އާސަންދައިގެ ހިދުމަތް ލިބިގަތް މީހުން އިތުރުވި މިންވަރަށްވުރެ ހަރަދުތައް ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެގެންދިޔަކަމަށް އޮޑިޓުން ދައްކައިފިއެވެ.

އޮޑިޓާރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އިޖްތިމާއީ ސިއްހީ އިންޝުއަރެންސް ސްކީމުގެ އޮޑިޓުގައި އެ އޮފީހުން ވަނީ ދައުލަތުން ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށާއި ބޭސްފަރުވާގެ ހިދުމަތް ދިނުމަށްޓަކައި ދައުލަތުން ކުރާ ހޭދައިގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ސަރުކާރުގެ ހޮސްޕިޓަލްތައް ހިންގުމަށް ކުރާ ހަރަދާއި އާސަންދަ އަދި އެ ސްކީމުގެ ބޭރުން ބޭސްފަރުވާއަށް ކުރާ ހަރަދުތައްކަން ހާމަކޮށްފައެވެ.

2019 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް 35.81 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު އަހަރެއްގެ މައްޗަށް 5 ބިލިއަނަށްވުރެ އިތުރު އަދަދެއް ހޭދަކޮށްފައިވާކަން ފެނިގެންދެއެވެ. ސަރުކާރުގެ ހޮސްޕިޓަލްތަކަށް ކުރާ ހޭދަަ ފިޔަވާ ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހަރަދެއް ކުރަނީ ކުރަމުންދަނީ އާސަންދަ ސްކީމަށް ކަމަށްވެސް އެ އޮފީހުން އާންމުކޮށްފައިވާ ރިޕޯޓުގައިވެއެވެ.

2019 ވަނަ އަހަރުން 2024 ވަނަ އަހަރުގެ ނިޔަލަށް މި ސްކީމަށް 16 ބިލިއަނަށް ވުރެ އިތުރު އަދަދެއް ހަރަދުކޮށްފައިވާއިރު އަހަރެއްގެ މައްޗަށް 2.7 ބިލިއަން ހަރަދުކޮށްފައިވެއެވެ. ބޭސް ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވެގެންދިޔަ ނިސްބަތަށްވުރެ ސްކީމުގެ ހަރަދު އިތުރުކަން ވެސް ފާހަގަކޮށްފައިވެއެވެ. 2019 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ހިދުމަތް ހޯދާ މީހުންގެ އަދަދު އިތުރުވެފައި ވަނީ 7 އިންސައްތައިންކަމަށްވާއިރު ސްކީމްގެ ހަރަދުތައް 32 އިންސައްތައިން އިތުރުވެފައިވާކަމަށް ބުނެފައިވެއެވެ.

ސްކީމްގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ކުރަނީ ބޭހަށް ކަމަށްވެސް ބުނެފައިވެއެވެ. މިގޮތުން އަހަރެއްގެ މައްޗަށް ބިލިއަނަކާ ގާތްކުރާ އަދަދެއް މި މަގުން ހޭދަކުރާއިރު ކުރާ ހަރަދުތައް އަހަރެއްގެ މައްޗަށް 7 އިންސައްތައިން އިތުރުވެފައިވާކަމަށް ވެސް ބުނެފައިވެއެވެ. މިކަން ދިމާވެގެންދިޔަ ސަބަބަކީ ބޭހުގެ މެކްސިމަމް ރީޓެއިލް ޕްރައިޒް ކަނޑައެޅުމަށްޓަކައި އެކުލަވާލާފައިވާ ގަވައިދު ތަންފީޒުކުރުމުގެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ކުރެވިފައި ނުވުމުންކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: