ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޚިޔާލު ތަފާތުވުންތަކަކަށް ފަހު ދަތުރުވެރިންގެ މާރުކޭޓުން ގޮޅި ދޫކުރަން ހުޅުވާލައިފި

ދަތުރުވެރިންގެ މާރުކޭޓު ތަރައްޤީކުރުމުގެ ތެރެއިން.... ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

 މާލޭގެ ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ދަތުރުވެރިންގެ މާރުކޭޓް ތަރައްޤީކުރުމަށް އެތަން ބަންދުކޮށްފައިވަނީ މިދިޔައަހަރުގެ އޯގަސްޓްމަހުގެ ތެރޭގައެވެ. އެތަން ބަންދުކޮށްފައި ހުންނަތާ އަހަރެއްވެފައިވާއިރު ގިނަ ބައެއްގެ ޝަކުވާ ވަނީ ސަރުކާރަށާއި ސިޓީ ކައުންސިލަށް އަމާޒުވެފައެވެ.

މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވަނީ މާލޭގެ ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު 01 ޑިސެމްބަރ އިން 19 ޑިސެމްބަރުގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ.

ގޮޅިތަކަށް އެދުމަށް އެދޭ ފަރާތްތަކުން ފޯމް ފުރުމަށްފަހު ކައުންސިލަށް ހުށަހެޅުމަށް ވަނީ އަންގާފައެވެ. ފޯމު ކައުންސިލް އިދާރާއިންނާއި އެ އިދާރާގެ ވެބްސައިޓޫ، www.malecity.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން މެންދުރު 13:00 ކަމަށާއި ފޯމާ ހުށަހެޅުމުން ދަތުރުވެރިންގެ މާރުކޭޓުން ގޮޅި ދޫކުރުމާ ބެހޭ މަޢުލޫމާތު ޝީޓު ލިބޭނެ ކަމަށް އެ އިދާރާއިން ކުރި އިއުލާނުގައި ބުނެފައިވެއެވެ.

https://twitter.com/MaleCitymv/status/1200086628259155975

މާރުކޭޓާއި ގުޅިގެން ކައުންސިލްގެ މޭޔަރާއި ކައުންސިލްގެ މެންބަރުންނާއި ދެމެދުގައި ވަނީ ހިޔާލު ތަފާތުވުންތަކެއްވެސް އުފެދިފައެވެ. އެގޮތުން މިދިޔަ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު ސިޓީ ކައުންސިލްގައި ބޭއްވި ބައްދަލުވުމެއްގައި ހަ މެމްބަރުންގެ އަގުލަބިއްޔަތުން ނިންމީ މާރުކޭޓު ބަންދު ކުރި އިރު ހުރި 174 ގޮޅި، 117 ގޮޅިއަށް ބަދަލުކުރުމަށެވެ. އަދި އެ ނިންމުމާ އެއްގޮތަށް މާރުކޭޓުގެ މަސައްކަތް ބިޑުކޮށް، ބަޔަކާ ވަނީ ހަވާލުވެސް ކޮށްފަ އެވެ. 

174ން 117 ގޮޅިއަށް މަދުކުރީ ގޮޅިތައް ބޮޑުކޮށް، ވިޔަފާރިވެރިންނަށް ޖާގައިގެ ގޮތުން ތަނަވަސް ތަނެއް ހޯދައިދިނުމަށެވެ. ނަމަވެސް ކައުންސިލް ގެ މޭޔަރ ޝިފާ ބޭނުންފުޅުވެލެއްވީ ގޮޅިތަކުގެ އަގު 193 އަށް ބަދަލުކުރާށެވެ.

ހިޠާލު ތަފާތުވުންތަކެއް ހުރިނަމަވެސް ގޮޅީގެ އަދަދާއި ގުޅޭގޮތުން ވަކި ގޮތެއް ނިންމުމަށް ކައުންސިލުން ވަނީ ބައްދަލުވުމެއް ބާއްވާ ގޮތެއް ނިންމާފައެވެ. ކައުންސިލްގެ މެންބަރުންގެ މެދުގައި އެއްބަސްވެފައިވާ ގޮތުގެ މައުލޫމާތު ހޯދުމަށް ސަންގުން ގުޅާލުމުން ކައުންސިލްގެ މޭޔަރ ޝިފާ ވަނީ ސުވާލަށް ޖަވާބު ދެއްވުމަށް އުޒުރުވެރިވެވަޑައިގެންފައެވެ. ޝިފާ ވިދާޅުވީ އެކަމާއި ގުޅޭ މައުލޫމާތު ދިނުމަށް ނޫސްވެރިންގެ ބައްދަލުވުމެއް އަންނަ ހަފްތާ ބާއްވާނެ ކަމަށެވެ.

ދަތުރުވެރިންގެ މާރުކޭޓުގައި ދިވެހިން ބޭނުންކޮށްގެން ގޮޅިތައް ހިންގުމަށް ޝަޢުގުވެރިވާ ވިޔަފާރިވެރިންނާއި މާލޭ ސިޓީ ކައުންސިލުން ވަނީ ބައްދަލުކޮށް، އެކަމުގައި ވިޔަފާރިވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދާފައެވެ. އާންމުކޮށް ހުޅުވާލި އެފުރުސަތުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ބައްދަލުވުމަށް ގޮސްފައެވެ. ޝިފާ ވިދާޅުވަނީ މާރުކޭޓު ގޮޅިތައް ބޭނުންވާ ދިވެހިންނާ ބައްދަލުކުރި އިރު، އެކަމަށް 800 އަށް ވުރެ ގިނަ މީހުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: