ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމެރިކާއިން އަނެއްކާވެސް ވެނެޒުއޭލާގެ ތެޔޮ ޓޭންކަރެއް އަތުލައިފި

ބޯޓު އަތުލުމުގެ މަސައްކަތްތައް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ވެނެޒުއޭލާއަށް ފިއްތުންތައް ކުރިމަތިކުރުމުގެ ގޮތުން އެމެރިކާއިން އެ ގައުމުގެ ފަސްވަނަ ތެޔޮ ޓޭންކަރު އަތުލައިފިއެވެ.

ބައިނަލްއަގުވާމީ ނޫސްތަކުން ބުނާގޮތުން އެމެރިކާގެ އަސްކަރިއްޔާއިންވަނީ ކެރިބިއަން  ސަރަހައްދުން  ވެނެޒުއޭލާގެ ފަަސް ތެޔޮ ޓޭންކަރެއް އަތުލައިގަނެފައެވެ. މިއީ ވެނެޒުއޭލާއަށް ފިއްތުންތައް ކުރިމަތިކުރުމުގެ ގޮތުން އެ ގައުމުން ކުރަމުންދާ މަސައްކަތްތަކެކެވެ. އެމެރިކާގެ އަސްކަރިއްޔާއިން ނޫސްތަކަށް މައުލޫމާތު ދިންގޮތުން އެވުޒާރާއިން ވެނެޒުއޭލާގެ ފަސްވަނަ ޓޭންކަރު އަތުލާފައިވަނީ އެއްވެސް މައްސަލައެއް ދިމާވުމެއް ނެތިއެވެ.

ނަމަވެސް އިތުރަށް ކުރެވޭ ތުހުމަތުތަކަށް އަސްކަރިއްޔާގެ ޖަވާބެއް ލިބިފައިނުވާކަމަށާއި މިފަހުން އަތުލައިގަނެފައިވަނީ ރަޝިއާގެ ތެޔޮ އުފުލާ މައްސަލައިގައި ފިޔަވަޅު އަޅާފައިވާ އުޅަނދެއްކަމަށް ބައެއް މަަޝްހޫރު ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. މީގެކުރިން ރަޝިއާގެ ދިދަ ހަރުކޮށްފައިހުރި އުޅަނދުތަކެއްވެސް ހިފަހައްޓާފައެވެ. އެ ގައުމުން ބުނާގޮތުން އެއީ ތަހުގީގީ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށްޓަކައި ހިންގި މަސައްކަތްތަކެއްކަމަށެވެ. ރަޝިއާއިންވަނީ އެ އަމަލަކީ ބައިނަލްއަގުވާމީ ގާނޫނުތައް މުގުރާލުމުގެ ގޮތުގައި ސިފަކޮށްފައެވެ.

އެމެރިކާއިންވަނީ ދާދި ފަހުން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ވަގުތުތަކަށް ގެއްލުވާލާފައިކަމަށްވާއިރު ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންދާނެކަމުގެ އިންޒާރުވެސް ދީފައިވެއެވެ. އެމެރިކާގެ ރައީސް  ޑޮނަލްޑް ޓްރަމްޕު ދައްކަވަމުންދާ ވާހަކަތަކުން ދޭހަވާގޮތުން އެ ގައުމުން ކުރަމުންދާ މަސައްކަތްތަކުގެ މަގުސަދަކީ އެމެރިކާގެ ކުންފުނިތަކަށް ވެނެޒުއޭލާގެ ތެލުގެ މާކެޓު ހުޅުވާލުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: