ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމްދީނަށް ފުރައްސާރަކޮށް މަލާމާތް ކުރުން ހުއްޓުވުމަކީ ދީނީ އިލްމުވެރިންގެ ޒިންމާއެއް- މިނިސްޓަރ އިމްރާން

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި މިނިސްޓަރ އިމްރާން ވާހަކަފުޅުދައްކަވަނީ... ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެންމެ ބޮޑު ގޮންޖެހުމަކީ އިސްލާމް ދީނަށް ކުޑައިމީސް ބަސް ރައްދުކުރުން ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ފުރައްސާރަކޮށް މަލާމާތް ރައްދުކުރުމާ ދީނުގެ ނަމުގައި ހައްދުފަހަނައަޅާފައިވާ އަމަލުތައް މަދުން ނަމަވެސް ހިންގާކަން ފާހަގަވެފައިވާ ކަމަށެވެ. ހަރުކަށި އަނިޔާވެރި އަމަލުތައް ހިންގުން ހުއްޓުވުމުގައި ހުރިހާ ފަރާތްތަކުން ސަރުކާރަށް އެއްބާރުލުން ދެއްވުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ޤައުމު ނަގަހައްޓާ، ރައްޔިތުންގެ ސުލްޙަ މަސްލަހަތު ޤާއިމްކޮށް، ރައްޔިތުންގެ އެކުވެރިކަމާ އެއްބައިވަންތަކަން ދަމަހައްޓާ ރައްޔިތުންގެ ވަހުދަތު ޤާއިމްކުރެވޭނީ ޤައުމުގެ ހުރިހާ އަފްރާދުން އެއަޞާސްތަކެއްގެ މައްޗަށް އެއްބައިވަންތަ ކުރުވާ ޒިކުރާތައްއަބަދުމެ ހަނދާން އާކޮށް ދިރުވާ އާލާކޮށްގެންކަމަށެވެ.

ދިވެހިންނަކީ ކިޔަމަންތެރި ސުލުހަވެރި، އެންމެން އެކުގައި އުޅެން ބޭނުންވާ އެއްބައިވަންތަ ބައެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ހައްޤުގޮތް ސާފްވެ ބަޔާންވުމުން އެގޮތް ޤަބޫލުކުރުމުގައި ފަސްޖެހުމެއްނެތި ވަގުތުން އަމަލުކުރުމުގެ ރިވެތި ސިފަ ދިވެހިންގެ ކިބައިގަ އަށަގެންފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރާއްޖެ އިސްލާމްވެގެންދިޔަގޮތުގެ ޙާދިސާއަކީ އެހާދިސާއިން ގިނަގުނަ ޢިބްރަތްތަކަކާ ފިލާވަޅުތަކެއް ހާޞިލްކުރެވޭނެ ހާދިސާއެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ އެންމެ މުޙިއްމު އެއްފިލާވަޅަކީ ދީނަށް ގޮވާލުމުގައި ނުވަތަ ދަޢުވަތު ދިނުމުގައި ހާލަތަށް ރިޢާޔަތްކޮށް ހިކުމަތާއި، ބުއްދި އިސްކޮށް، ޤަބޫލުކުރަން ފަސޭހަވާނެ ބީދައިން ދަޢުވަތު ދިނުންކަމަށެވެ.

މިއަދާއި ހަމައަށް އިސްލާމްދީން ފޯރުކޮށްދިނުމަސްޓަކައި ކާބަފައިން ކުރެއްވި މަސައްކަތް ފާހަގަކުރައްވާ، މިނިސްޓަރ ވިދާޅުވީ އަންނަން އޮތް ޖީލުތަކަށް ދީން ފޯރުކޮށްދިނުމަކީ މި ޖީލުގެ ޒިންމާއެއްކަމަށެވެ. އެކަމަަށްހުރި ގޮންޖެހުންތައް ދެނެގަނެ އެކަމަށް ހައްލެއް ހޯދުމަކީ ސަރުކާރާއި، ޢިލްމްވެރީންގެ ޒިންމާއެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: