ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ ދެމޫސުން ބެދޭ ވިއްސާރަ، ބޮޑު ބަޔަކަށް ވިއްސާރަކުރާނެ- މެޓު

ރާއްޖޭގެ ބޮޑުބަޔަކަށް މިއަދު ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ... ފޮޓޯ: އަވަސް އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ދެމޫސުން ބެދޭ ދުވަސްވަރުކަމުން ކުރާ ވިއްސާރައެއް ކަމަށާއި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމާއި އިރުވައި މޫސުން ބައްދަލުވާތީ ކުރާ ވިއްސާރައެކެވެ. ހުޅަނގު މޫސުމުގެ ފަހު ނަކަތް ދޮށަ، ނިމެނޭ ޑިސެމްބަރު މަހުގެ ނުވަނަ ދުވަހަށެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ނ އަތޮޅުން ފެށިގެން ވ އަތޮޅާއި ހަމައަށް ވައިޓް އެލާޓު ނެރެފައެވެ. އެލާޓު ނެރެފައިވަނީ މިއަދު މެންދުރު 1:30 ފެށިގެން އިރުއޮއްސި 6:30 ހަމައަށެވެ. މި ވަގުތުގައި އެލާޓު ނެރެފައިވާ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

https://twitter.com/MetMaldives/status/1200690505589248000

ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ލަފާކުރާ ގޮތަށް ބަލާއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ އަދި ގުގުރުން އެކަށީގެންވެއެވެ. ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށްވެސް ލަފާކުރެވެއެވެ. ވައިޖެހޭނީ އުތުރުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން އަދި އެހެންހިސާބުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވެއެވެ. ކަނޑުތަށް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެއެވެ.

މި ދުވަސްވަރަކީ ސްކޫލްތަށް ބަންދުވެ ބޮޑުޗުއްޓީއާއި ދިމާކޮށް ގިނައަދަދެއްގެ މީހުން އެކި ރަށްރަށަށް ދަތުރުކުރާނެ ދުވަސްވަރެއް ކަމުން، މޫސުމަށް ބެލުމަށްފަހުގައި ނޫނީ ދަތުރުނުކުރުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: