ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލަސްތީނު މިނިވަން ދައުލަތެއް ޤާއިމްކުރުމުގެ މަސައްކަތް އަވަސް ކުރަން ގޮވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފަލަސްތީނުގެ ރައްޔިތުންނަށް ކުރަމުންދާ ލާއިންސާނީ އަމަލު ހުއްޓުވުމަށާއި ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމްކުރުން އަވަސް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގޮވާލައްވައިފި އެވެ.ރައީސް ސޯލިހް މިކަމަށް ގޮވާލެއްވީ ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބާގައި އެގައުމުގެ ރައީސް މަހްމޫދު އައްބާސްއަށް ތަހްނިޔާ ދަންނަވައި ފޮނުއްވި މެސެޖުގަ އެވެ.

ރައީސް ސޯލިހްގެ މެސެޖުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ޒަމާންވީ އެކުވެރި ގާތްގުޅުމާއި ފަލަސްތީނުގެ ރައްޔިތުންނަށް އޮތް ތާއިދު ދެގޮތެއްނުވެ އެގޮތުގައި ދެމިއޮންނާނެކަން ފާހަގަކުރެއްވިއެވެ. އެގޮތުން ފަލަސްތީނުގެ ރައްޔިތުންނާމެދު ކުރެވޭ ބޭއިންސާފު އަދި ހިންގާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށް ތަހައްމަލުކުރަން ޖެހިފައި ވަނީ ދަތި އުނދަގޫ ދިރިއުޅުމެއްކަންވެސް މި މެސެޖުގައި އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ.

އެ މެސްޖެގައި ވަނީ އެތައްއަހަރެއް ވަންދެން ނިގުޅައިގަނެފައިވާ ފަލަސްތީނު ރައްޔިތުންގެ ހައްގުތައް އަނބުރައި ހޯދައިދެވޭނީ އދ އިން ކަނޑައަޅާފައިވާ ގޮތަށް ފަލަސްތީނުގެ މިނިވަން ދައުލަތެއް ވެސް ގާއިމުކުރެވިގެންކަން ފާހަގަ ކުރައްވައި އެ މަސައްކަތް އަވަސްކުރުމަށް ގޮވާލައްވާފަ އެވެ. އަދި ސުލްހައަށް ކުރެވޭ މަސައްކަތްތައް ކުރިޔަށްދާންވާނީ އދ ގެ ސަލާމަތީ މަޖުލީހާއި އދ ގެ އާންމު މަޖުލީހުގެ ގަރާރުތަކާއި ގާނޫނުތަކާ އަދި އެނޫންވެސް ބައިނަލްއަގްވާމީ ގާނޫނުތަކާއި މިންތަކާ އެއްގޮތްވާ ގޮތުގެމަތިންކަންވެސް ރައީސް ސޯލިހްގެ މެސެޖުގައި ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާ މި ހައްގުތައް ލިބިދިނުން ލަސްވެ، ދިގުލައިގެންދާތީ އެކަމުގެ ކަންބޮޑުވުންވެސް އެމަނިކުފާނު ވަނީ ފާލުކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ފަލަސްތީނުގެ މައްސަލައަށް ހައްލެއްލިބި ސުލްހަ ގާއިމުކުރެވޭނީ އދ ގެ ނިންމުމާ އެއްގޮތަށް ފަލަސްތީނުގެ ސަރަހައްދީ ރޮނގު 1967 ގެ ކުރީގައި އޮތްގޮތަށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެ ގާއިމުކުރެވޭ ފަލަސްތީނުގެ ދައުލަތާއެކު ކަމުގައި ވެސް ވިދާޅުވެފައިވެއެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކާއި ބޭއިންސާފާއި ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ކުރަމުން ގެންދާ މަސައްކަތުގައި އެގައުމުގެ ރައްޔިތުންނާއެކު ދިވެހި ސަރުކާރާއި ރައްޔިތުން ދެމި ތިބޭނެކަމުގެ ޔަގީންކަން ރައީސް ސޯލިހް ދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: