ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯޓުން ބޭރުގައި ކައިވެނިކުރުންފަދަ މައްސަލަތައް ގިނަވާތީ ކަންބޮޑުވަން: އެމްއާރްއެމް

ޝެއާރކޮށްލާ ކަހަލަދޯ؟

ކޯޓުން ބޭރުގައި ކައިވެނިކުރުންފަދަ މައްސަލަތައް އިތުުރުވާތީ، އެމްއާރްއެމްއިން ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމްއާރްއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެގޮތުން، މީޑިއާއިން މަޢުލޫމާތު ލިބޭ ގޮތުގައި ދިވެހިރާއްޖޭގައި ކޯޓުން ބޭރުގައި “ކައިވެނި ކުރުމުގެ” ނަމުގައި ބައެއް ފަރާތްތަކުން ކުޑަކުދިންނަށް ޖިސްމާނީ އަދި ނަފްސާނީ ބޮޑެތި އަނިޔާ ތަކެއްދެމުންދާކަން ހާމަވާކަމަށް އެ ބަޔާނުގައިވެއެވެ. އަދި މުޅި ދިވެހިރާއްޖޭގެ ރައްޔިތުން ކަންބޮޑުވި އެއް ޚަބަރަކީ، ކުޑަ ކުއްޖަކަށް އުމުރުން އެންމެ 9 އަހަރުން ފެށިގެން، 3 ފަހަރެއްގެ މަތިން ކައިވެނީ ގެ ނަމުގައި މިދެންނެވި އަނިޔާ ލިބި، 12 އަހަރުގައި ބަލިވެ އިނދެ 13 އަހަރުގައި ވިހެއި ޚަބަރުކަމަށް ބުނެފައިވެއެވެ.

އެހެންކަމުން، މިފަދަ ކަންކަމުގައި ޝާމިލުވާ އެންމެހައި ފަރާތްތައް ހޯދައި ޤާނޫނުގައި ކަނޑައެޅިފައިވާ ހައްގު އަދަބު އެފަރާތްތަކަށް ދިނުމަށް އެމްއާރްއެމްއިން ވަނީ ގޮވާލާފައެވެ. އަދި ކުރިއަށް އޮތްތާނގައި މިފަދަ ޤާނޫނާއި ޚިލާފު ޢަމަލުތައް ހުއްޓުވަމަށް ކުރެވެން ހުރި އެންމެހާ ކަންތައްތައް ކުރުމުގައި، އަވަސް ފިޔަވަޅުތައް އެޅުއްވުމަށް އެ ޕާޓީން ގޮވާލާފައިވެއެވެ. އޭގެ އިތުރުން، އަނިޔާ ލިބުނު ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދީ، ބޭނުންވާ ސިއްހީ އަދި ނަފްސާނީ ފަރުވާގެ މަގު ފަހިކޮށްދީ އެކުދިންގެ ހައްޤުތައް ހޯދައިދިނުމަށް ގޮވާލާކަމަށް އެ ބަޔާނުގައިވެއެވެ.

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 34 ވަނަ މާއްދާއިން ބާރު ލިބި، އާއިލާ އާ ބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގައި ކައިވެނި ކުރުމަށް ހުއްދަ ވެގެންވާ އުމުރު ކަނޑައެޅި އަދި އެ މާއްދާގެ “ށ” ގައި އެ އުމުރުން ދަށުގެ ކުއްޖަކު ކައިވެނި ކޮށްދެވޭނީ، އުސޫލުގެ ތެރެއިން ކައިވެނީގެ ރެޖިސްޓްރާއަށް ކަން ބަޔާންކޮށްފައިވާކަމަށް، ބުނެފައިވެއެވެ. އެކަން އެހެން އޮތްނަމަވެސް، މިއަދުގެ މުޖުތަމަޢުގައި ޤާނޫނާ ޚިލާފަށް ކުޑަކުދިން “ކައިވެނި” ކޮށްދީ، އެކުދިންނާމެދު ވަރަށް އިހާނެތިކޮށް ޢަމަލު ކުރެވެމުންދާ ކަމުގެ ޚަބަރުތައް މީޑިއާގައި ދައުރު ވަމުންދާކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: