ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީރާނުގައި ހިންގަމުންދާ މުޒާހަރާތައް ހޫނުވެ އެ ގައުމުގެ މިނިވަންކަން ގެއްލިދާނެކަމުގެ ބިރު!

މުޒާހަރާގެ މެންޒަރެއް ދުރުން ނަގާފައި: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމާއި ދެކޮޅަށް ހިންގަމުންދާ މުޒާހަރާގެ ބޭނުން ހިފައި އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަމުންދަނީ އެއްކޮށް ހަމަޖެހުން ނަގާލައި އެހެން ގައުމަކުން އެރުމަށް ފުރުސަތު ހުޅުވާލުމަށް ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ތުހުމަތުކުރައްވައިފިއެވެ.

އީރާނުގެ އިގްތިސާދު އަދި ގައުމު ހިންގަމުންދާ ގޮތާއިމެދު ހިތްހަމަޖެހުންތައް އުފެދި އަޑުއުފުލުމަށްޓަކައި ކުރިއަށް ގެންދިޔަ މުޒާހަރާތަކެއްވަނީ އިންތިހާއަށް ހޫނުވެފައެވެ. އަސްކަރީ ބާރުތަކާއި ދެމެދު ކުރިމަތިލުންތައް ހިނގާފައިވާއިރު އެމެރިކާގެ ރައީސް  ޑޮނަލްޑް ޓްރަމްޕުވަނީ އެމެރިކާއިން އީރާނުގެ މައްޗަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ތައްޔާރުވެފައިވަނިކޮށް މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ހުށައަޅާފައިވާކަން ހާމަކުރައްވާފައެވެ. އެހެން ގައުމެއްގެ ދާހިލީ މައްސަލަ ގަނޑެއްގެ ތެރެއަށް އެމެރިކާއަށް ވަނުމަށް މަޖުބޫރުވެގެންދިޔައީ މުޒާހަރާގައި ބައިވެރިވި ގިނަ އަދަދެއްގެ މީހުން މަރުވުމާއިއެކުއެވެ.

މި މައްސަލައިގެ ތެރެއަށް އެމެރިކާއިން ވަދެފާނެކަމުގެ އިޝާރާތްތަކެއް ކޮށްފައިވަނީ ދާދި ފަހުން އެގައުމުން ވެނެޒުއޭލާވެސް ގުޑުވާލުމަށް ފަހުއެވެ. އެމެރިކާގެ އަސްކަރިއްޔާއިންވަނީ އެ ގައުމަށް އަރައި ރައީސް މަޑޫރޯ ގެއްލުވާލައިގެން ގެންދިއުމަށްފަހު ދޫކޮށްލާފައެވެ. ޓްރަމްޕު ބުނާގޮތުން މިވަގުތު އީރާނު އޮތީ އެމެރިކާގެ ފަރާތުން އިތުރު ދަތިތަކެއް ކުރިމަތިވުމަށް އެދޭ ހާލަތުގައި ނޫންކަމަށެވެ.

ނޫސްތަކުން ބުނާގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ހިންގަމުންދާ މުޒާހަރާތަކުގައި 500 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށެވެ. އެމެރިކާގެ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމްއިއްޔާއަކުން މީޑިއާތަކަށް މައުލޫމާތު ދިންގޮތުން މި މައްސަލައިގެ ތެރެއިން 10،000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާކަމަށެވެ.

މިކަމާއި ގުޅިގެން ދެއްކެވި ވާހަކަތަކުގެ ތެރެއިން އެމެރިކާގެ ރައީސް ޓްރަމްޕުވަނީ މުޒާހަރާގެ ބައިވެރިން ސަލާމަތްކުރުން ފަދަ ؛ލަފްޒުތައް ބޭނުންކޮށްފައެވެ. އަދި ދުވަހަކުވެސް މަސައްކަތް ނުކުރާވަރަށް އީރާނުން މިނިވަންކަމަށް އެދި ގޮވާލަމުންދާކަމަށާއި އެމެރިކާއިން އޮތީ އެ ހައްގު ހޯދައިދިނުމަށް ބައިވެރިވުމަށް ތައްޔާރަށް ކަމަށްވެސް ފާހަގަކުރެއްވިއެވެ. އީރާނުންވަނީ އެފަދަ ހާލަތެއްގައި މެދުއިރުމަތީގައި އެމެރިކާއިން ގާއިމުކޮށްފައިވާ މަރުކަޒުތައް ފަދަ ވަސީލަތްތަކަށް ހަމަލާދޭނެކަމުގެ އިންޒާރު ދީފައެވެ.

އީރާނުގެ ރައީސް މަސްއޫދު ތުހުމަތުކުރެއްވިގޮތުން އިދިކޮޅު ސިޔާސީ ފަރާތްތަކުން މަސައްކަތްކުރަމުންދަނީ ހާލަތު އިތުރަށް ގޯސްކުރުމަށްފަހު އެހެން ގައުމެއްގެ އަސްކަރިއްޔާ އެގައުމަށް އަރުވައި މިނިވަންކަން ގެއްލިގެންދާނެ ހާލަތެއް މެދުވެރިކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: