ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަރަހަނާ މަންޒަރުތައް އުފައްދާ މައްސަލައިގައި މެލޭޝިއާގައި ގްރޮކް އޭއައި ބޭނުންކުރުން މަނާ!

ގްރޮކް އޭއައި: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ބަރަހަނާ މަންޒަރުތައް އުފެއްދުމުގެ ގާބިލުކަން ހުރި ގްރޮކް އޭއައި ވަގުތީ ގޮތުން ބްލޮކު ކުރި ދެވަނަ ގައުމަށް މެލޭޝިއާ ވެއްޖެއެވެ.

ހައްލުތަކެއް ގެނައުމުގެ ކުރިން ގްރޮކް އޭއައި އެ ގައުމުގައި ބޭނުން ނުކުރެވޭ ގޮތަށް ފިޔަވަޅު އަޅައި ދަމަހައްޓާނެކަމަށް މެލޭޝިއާއިން ބުނެފިއެވެ. އާދައިގެ ފޮޓޯ ބަރަހަނާ މަންޒަރުތަކަށް ފަސޭހަކަމާއިއެކު ބަަދަލުކުރުމުގެ ގާބިލުކަން ހުރި ގްރޮކް އޭއައިގެ ނާޖާއިޒް ފައިދާ ނެގުމުގެ މައްސަލަ ބޮޑުވުމާއިއެކު އިންޑޮނީޝިއާއިން ވަނީ އެ ގައުމުގައި ސަލާމަތީ ފިޔަވަޅުތައް އަޅާފައެވެ.

ގިނަ އަދަދެއްގެ ސަރުކާރުތަކުންނާއި މިފަދަ ކަންކަން ރެގިއުލޭޓްކުރާ ފަރާތްތަކުންވެސްވަނީ ފިޔަވަޅު އަޅާފައެވެ. މި ވަސީލަތުގެ ބޭނުން ހިފައިގެން ބައެއް މީހުންވަނީ ކުޑަކުދިންގެ މަންޒަރުތަކަށްވެސް ހުތުރުކަން ބޮޑެތި ބަދަލުތައް ގެނެސް އާންމުކޮށްފައެވެ. މި މައްސަލައިގައި ގްރޮކް އޭއައިގެ ވެރި ކުންފުނިންވަނީ އެ ހިދުމަތް ބޭނުންކުރުމުގެ ފުރުސަތު ދޭނީ ހަމައެކަނި ފައިސާ ދައްކާ ފަރާތްތަކަށްކަން ހާމަކޮށްފައެވެ. އަދި އެ ފިޔަވަޅާއިއެކު މަންޒަރު އުފައްދާ ފަރާތްވެސް އެނގެން އޮންނާނެކަމަށް ފާހަގަކޮށްފައިވެއެވެ.

އިނގިރޭސިވިލާތުން ވެސް ވަނީ މެލޭޝިއާއާއި އެއްފަދަ ފިޔަވަޅުތަކެއް ތަންފީޒު ކުރާނެކަމުގެ އިންޒާރު ދީފައެވެ. އަދި އޮސްޓްރޭލިއާއިން ވެސް ވަނީ ގްރޮކް މެދުވެރިކޮށް ލިއްބައިދޭ ގާބިލުކަމާއިމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ޔޫރަޕުގެ މިފަދަ މަސައްކަތްތައް ބަލަހައްޓާ ވުޒާރާތަކުންވެސްވަނީ ކަންބޮޑޫވުން ފާޅުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: