ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސައްކަތް ހުއްޓާލާނީ ރައީސް ޔާމީން މިނިވަން ކޮށްފަ: ޢައްސާން މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ތ، ގުރައިދޫ ދާއިރާގެ މެމްބަރު ޢައްސާން މައުމޫން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޯލިޝަން ޕީޕީއެމް އަދި ޕީއެންސީން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ފަސް އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ކުރީގެ ރައީސް އަބްދިﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކުރުމަށް ފަހު ކަމަށް ރައްޔިތުންގެ މަޖިލީޙުގެ ތ، ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޢައްސާން މައުމޫން ވިދާޅުވެއްޖެއެވެ. 

ރައީސް ޔާމީންއަށް ބޮޑުބޭބެ ވިދާޅުވާ ޢައްސާން  ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތިންހާސް އަހަރަށްވުރެ ދިގު މާޒީއެއް އޮތް ދިވެހި ތާރީޚު ދުށް އެންމެ ބޮޑު ޢުމްރާނީ ތަރައްޤީއެއް ކުރު 5 އަހަރުގެ ތެރޭގައި ހޯދައިދެއްވި މޭސްތިރިއަކީ ޔާމީން ކަމަށެވެ. ނަމަވެސް އެމަނިކުފާނު މިއަދު ވަނީ ސިޔާސީ ޙުކުމެއްގައި ގައިދުކޮށްފައި ކަމަށް ޢައްސާން ވިދާޅުވިއެވެ.

https://twitter.com/mgmaumoon/status/1201048985022033921

އެމްއެމްޕީއާރްސީއަށް ލިބެންޖެހޭ ފައިސާތަކެއް ކަމަށް ޝައްކު ކުރެވޭ އެއް މިލިއަން ޑޮލަރުން އަމިއްލަ މަންފާ ހޯއްދެވިކަން ސާބިތުވެ ރައީސް ޔާމީންގެ މައްޗަށް ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އައިސްފަ އެވެ. އަދި ފަސް މިލިއަން ޑޮލަރު އެމަނިކުފާނު ޖޫރިމަނާ ކުރުމަށް ވެސް ވަނީ ކޮށްފަ އެވެ.

މިހާރު ރައީސް ޔާމީން ހުންނެވީ މާފުށީ ޖަލުގަ އެވެ. އެމަނިކުފާނު ހުންނެވީ އެމަނިކުފާނުގެ ވެރިކަމުގައި ބޭބޭފުޅު ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހުންނެވި ހާއްސަ ގޮޅީގަ އެވެ.

ގައްސާން ރައީސް ޔާމީން ފަހަތުގަައި މަސައްކަތް ކުރައްވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. ބައްޕާފުޅު ރައީސް މައުމޫން އާއި ބޭބެފުޅު ފާރިސް މައުމޫން ޖަލަށްލާ ހުކުމްތައް ކުރަމުން ދިޔައިރު ވެސް ގައްސާން ހުންނެވީ ރައީސް ޔާމީންއާއެކު އެވެ. މިހާރު ގައްސާން ފާޅުގައި ވާހަކަ ދައްކަވަމުން ގެންދެވި ނަމަވެސް ބައްޕާފުޅާއި ބޭބެފުޅުގެ ދިފާއުގައި ވާހަކަ ދައްކަވާފައިއެއް ނުވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: