ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިކޯޓުގެ ފަނޑިޔާރު ރައުފް ޖޭއެސްސީގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފި

ޖޭއެސްސީގައި ހައިކޯޓު ތަމްސީލް ކުރައްވާ ފަނޑިޔާރު ރައުފް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ހައިކޯޓުގެ ތަންސީލް ކުރައްވާ ފަނޑިޔާރު ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފު އިބްރާހިމް ޖޭއެސްސީގެ މެންބަރުކަމުން އިސްތިއުފާ ދެއްވައިފި.

ޖޭއެސްސީގެ މެމްބަރު ކަމުން ރައޫފް އިސްތިއުފާ ދެއްވިކަން ހައިކޯޓުން ވަނީ ކަޝްވަރު ކޮށްދެއްވާފައެވެ. 

ފަނޑިޔާރު ރައޫފް އިސްތިއުފާ ދެއްވާފައިމިވަނީ އޭނާ ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އޭނާގެ ނަން ޖޭއެސްސީއަށް ފޮނުވާފައިވަނިކޮށެވެ.

ރައޫފްގެ ނަން ރައީސް ސޯލިހު ފޮނުއްވީ މިހާރު ސުޕްރީމް ކޯޓުން ހުސްވެފައިވާ ތިން ފަނޑިޔާރުންގެ މަގާމުގެ ތެރެއިން އެއް މަގާމަށް އައްޔަން ކުރުމަށް ލަފާ ހޯދުމަށެވެ. ޖޭއެސްސީއިން އޭނާއާ އިންޓަވިއުކޮށް ރައީސް ސޯލިހަށް ލަފާ އަރުވާނެ އެވެ.

ރައުފޫފުގެ އިތރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރަން ލަފާ ޖޭއެސްސީގެ ލަފާ ހޯދަވާ އަނެއް ދެ ބޭފުޅުންނަކީ ކުރީގެ ބަންޑާރަ ނައިބް އަދި މިހާރު މަރުގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް ހުސްނު ސޫދުއާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މުއުތަސިމް އަދުނާންގެ ނަންފުޅެވެ. މީގެ ތެރެއިން އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރަން ރައީސް ފޮނުއްވާފައި ވަނީ މުއުތަސިމް އަދުނާންގެ ނަންފުޅެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: