ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ހިޔާނާތުގެ މުގުލުގައި ތިބި މީހުން ތިބީ ގޭގައި، ޔާމިންވެސް ގޭ ބަންދަށް ބަދަލުކޮށްދެއްވާ”

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް ގޭ ބަންދަށް ބަދަލުކޮށްދެއްވުމަށް އެމަނިކުފާނު ޤާނޫނީ ވަކީލު ޑރ. މުޙައްމަދު ޖަމީލު ގޮވާލައްވައިފިއެވެ.

ޖަމީލު މިފަދައިން ގޮވާލެއްވީ ކުރެއްވި ޓުވީޓެއްގައެވެ. ޖަމީލް ވަނީ އެ ޓުވީޓުގައި ރައީސް ޔާމީނަށް އިއްވާފައިވަނީ ގޯސް ޙުކުމެއް ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ،

ރައީސް ޔާމިންގެ ޤާނޫނީ ވަކީލުންގެ ޓީމުން ވަނީ އެމަނިކުފާނާއި ބައްދަލުކުރުމަށް މާފުށީ ޖަލަށް ވަޑައިގެން އިސްތިއުނާފުގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ޑރ. ޖަމީލުގެ ޓުުވީޓުގައި ވިދާޅުވީ އެމްއެމްޕިއާރުސީގެ ހިޔާނާތުގެ މުގުލުގައި ތިއްބެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއާއި އެމްއެމްޕީއާރުސީގެ އޭރުގެ ސީއީއޯ އަހުމަދު ޒިއާތު ހުންނެވީ ގޭގައި ކަމަށެވެ. އެހެން ކަމުން ރައީސް ޔާމިންވެސް ވީހާ އަވަހަކަށް ގޭ ބަންދަށް ބަދަލުކޮށްދެއްވުމަށް ހޯމް މިނިސްޓަރ އަބްދުﷲ އިމްރާންއަށް ވަނީ ގޮވާލައްވާފައެވެ.

https://twitter.com/MJameelAhmed/status/1201046843032883200

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ ޝަރީއަތުގެ އިބްތިދާއީ އަޑުއެހުންތައް ކުރިމިނަލް ކޯޓުގައި ފަށައިގެން ކުރިއަށްދާއިރު އަދީބު ހުންނެވީ ގޭ ބަންދުގައެވެ. އޭނާ ގޭ ބަންދަށް ބަދަލުކުރީ ޖަލުގައި ހުންނެވުމަށް އޭނާގެ ސިއްޙީ ހާލަތު ތަންނުދޭކަމަށް ޑޮކްޓަރުން ލަފާދިނުމާއި ގުޅިގެންނެވެ. އަދި އަދީބް ބަންދުކޮށްފައި ވަނިކޮށް ފިއްލަވައިގެން ރާއްޖެއިން ބޭރަށް ވަޑަައިގެންނެވި މައްސަލައިގައި ތިން މަހުގެ ޖަލު ހުކުމެއް ވެސް ވަނީ އިއްވާފައެވެ. ޒިޔާތު ވެސް ސިއްހީ ހާލަތު ހުރި ގޮތުން ވަނީ ގޭ ބަންދަށް ބަދަލުކުރެވިފައެވެ.

އަދީބުއާއި ޒިޔަތު ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި، ރައީސް ޔާމިންގެ ޝަރީޢަތް ކުރިއަށް ދިޔައިރު ހެކިބަސް ދެއްވާފައެވެ.

ދެ ދުވަސްވަންދެން މާލޭ ޖަލުގައި ބެހެއްޓުމަށްފަހު ރައީސް ޔާމިން މިހާރު ވަނީ މާފުށީ ޖަލުގެ ސްޕެޝަޕް ޕްރޮޓެކްޝަން ޔުނިޓް (އެސްޕީޔޫ) އަށް ބަދަލުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: