ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަމީމް ޕީޖީގެ މަގާމަށް ކުރިމަތި ލައްވައިފި

ކުރީގެ ޑެޕިއުޓީ ޕްރޮސިކިޔުޓަރ ޖެނެރަލް ހުސެން ޝަމީމް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިން ޑެޕިއުޓީ ޕްރޮސިއުޓަރ  ޖެނެރަލްގެ މަގާން އަދާ ކުރެއްވި ހުސެން ޝަމީމް ހުސްވެފައިވާ ޕްރޮސިކިޔުޓަރ ޖެނެރެލްގެ މަގާމަށް ކުރިމަތި ލައްވަިފިއެވެ. 

ޕްރޮސިކުޓަރ ޖެނެރަލްގެ މަގާމް ހުސްވެފައި ވަނީ އެ މަގާމްގައި ހުންނެވި ޢައިޝަތު ބިޝާމް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ޕީޖީގެ މަގާމުން ބިޝާމް އިސްތިއުފާ ދެއްވާފައި ވަނީ ބުރާސްފަތި ދުވަހުއެވެ. 

ޕީޖީގެ މަގާމަސް ކުރިމަތިލުމުގެ ފުރުސަތު މިއަދުގެ މެންދު ފަހު 2:00 އަށް ހަމަވިއިރު ޝަމީންގެ އިތުރުން ދެ ބޭފުޅަކު އެ މަގާމަސް ކުރިމަތި ލައްވާފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓް ކޮށްފައެވެ. ނަމަވެސް ޕީޖީގެ މަގާމަސް ކުރިމަތި ލެއްވި ބޭފުޅުންނާއި ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް މިހާތަނަސް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ. 

ޕީޖީގެ މަގާމުން އިސްތިއުފާ ދެއްވުމުގެ ކުރިން ބިޝާމް ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ޕްރޮސިކުއުޓާ ޖެނަރަލް ޕީޖީކަމުން އޭނާ ވަކި ކުރަންޖެހޭ ސަބަބުތަކުގެ ގޮތުގައި މަޖިލީހުގެ ރިޔާސަތުން، މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އިއުލާނު ކުރި ސަބަބުތަކާއި ކޮމިޓީން ފާހަަގަ ކުރާ ސަބަބުތައް އެއްގޮތް ނޫން ކަމަށެވެ. 

މަގާމުން ވަކި ކުރުމާއި ގުޅޭގޮތުން، ބުރާސްފަތި ދުވަހު ބިޝާމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޕީޖީކަމުން އޭނާ ވަކި ކުރަންޖެހޭ ސަބަބުތަކުގެ ގޮތުގައި މަޖިލީހުގެ ރިޔާސަތުން އިއުލާނު ކުރި ސަބަބުތަކާއި ކޮމިޓީން ފާހަަގަ ކުރާ ސަބަބުތައް އެއްގޮތް ނޫން ކަމަށެވެ. ތުހުމަތުތަކަށް ޖަވާބުދާރީވުމަށް ބުނެފައިވާ އެ ސިޓީގައި، ޖަވާބުދާރީވާން ވީ ކޮން މައްސަލައަކަށް ކަމަށް ވެސް ބަޔާންކޮށްފައި ނުވާކަމަށް ބިޝާމް ވަނީ ވިދާޅުވެފައެވެ.

ބިޝާމް ވިދާޅުވީ އޭނާގެ މައްސަލަގައި ކޮމިޓީގައި ހިމެނިވަޑައިގަންނަވަ ބައެއް މެމްބަރުން ވިދާޅުވަމުން ގެންދަވާފައިވަނީ ގާނޫނު އަސާސީގެ 43 ވަނަ މާއްދާގައި ބަޔާންކުރަނީ އަދުލުވެރިކަމާއިއެކު އިދާރީ ފިޔަވަޅު އެޅުން އެއީ ހަމަ ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ހައްގެއްގެ ގޮތުގައި ކަމަށަވެ. އަދި އިދާރީ ފިޔަވަޅު އެޅުން އެއީ ހަމަ ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ހައްގެއްކަމަށާއި އިދާރީ ފިޔަވަޅެއް އަދުލުވެރިކަމާއި އެކު އެ ފިޔަވަޅު އެޅުމަކީ އެއީ ފިޔަވަޅު އެޚުމުގެ ކުރިން ތުހުމަތުކުރެވެނީ ކޮން ކަމެއްކަން އެމީހަކަށް ސާފުކޮށްދީ އެ ތުހުމަތުތަކާއި ގުޅޭގޮތުން އެފަރާތްތަކުން ދޭން ބޭނުންވާ ޖަވާބެއް، ދިފާއުގައި ދައްކަން ބޭނުންވާ ވާހަކައެއް ދެއްކުމަށްފަހު ފިޔަވަޅެއް އެޅުން ކަމަށެވެ.

ބިޝާމްގެ ބަޔާނުގައި ވިދާޅުވެފައި ވަނީ ކޮމިޓީގެ ނުނިމި ހުރި މަސައްކަތްތަކުގެ ތެރޭގައި ޕީޖީގެ މަގާމުން އޭނާ ވަކިކުރުމުގެ މައްސަލަ އޮތް ކަމެއް އޭނާއަށް އެނގިފައި އަދި އަންގާފައިވެސް ނުވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: