ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީލައިފްއިން ފުލެޓް ގަތުމަށް ފައިސާ ދެއްކި މީހުންނަށް އަނބުރާ ފައިސާ ދޭން ފަށައިފި

ސީލައިފްއިން ފުލެޓް ގައުމަށް ފައުސާ ދެއްކި މޫޙުން މުޒާހަރާއެއްގެ ތެރޭގައި: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސީ ލައިފުން ފްލެޓް ހޯދަން ފައިސާ ދެއްކި ފަރާތް ތަކަށް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފައިސާ ދޫކުރަން ފަށައިފި އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ހުޅުމާލޭގައި 3،000 ފްލެޓު އެޅުމަށް، ސީ ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާއި ވަނީ ހަވާލުކޮށްފަ އެވެ.

ސީލައިފް ކުންފުނިން 300 އެޕާޓްމަންޓް ގަންނަން 280 މީހެއްގެ އަތުން ވަނީ ބުކިން ފީގެ ގޮތުގައި ކޮންމެ މީހެއްގެ އަތުން 50،000ރ. ނެގި އެވެ. ބައެއް ފަރާތްތަކުން އެއަށް ވުރެ ގިނައިން ވެސް ފައިސާ ދެއްކި އެވެ. ގާތްގަނޑަކަށް 14 މިލިއަން ރުފިޔާ މީހުންގެ އަތުން ހޯދި އެވެ.

ސީލައިފް ފްލެޓަށް ފައިސާ ދެއްކި ފަރާތްތަކަށް ފައިސާ ދޫކުރަން ފެށިކަން އެޗްޑީސީ އިން ވަނީ ޔަގީންކޮށްދީފަ އެވެ. އަދި ފްލެޓު ގަތް ބައެއް މީހުން ވެސް ވަނީ އެ ފައިސާ ދޫކުރަން ފަށާފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި 3،000 ފްލެޓް އެޅުމުގެ ބިޔަ މަޝްރޫއެއް ހިންގަން، ސީލައިފް އަށް ހަވާލު ކުރުމުން ގިނަ ބަޔަކު އެ ފްލެޓުތަކަށް ފައިސާ ދެއްކި އެވެ. އޭރު އެ ފްލެޓުތަކަށް 203 މީހަކު ފައިސާ ދައްކާފައިވެ އެވެ.

ހުޅުމާލޭގައި ސީލައިފް ގްލޯބަލްއިން އިމާރާތް ކުރަން ބުނި އެޕާޓްމެންޓްތައް ގަތުމަށް ދެއްކި ފައިސާ އަނބުރާ ދީފައިނުވާތީ އެކުންފުނީގެ ޑިރެކްޓަރުންގެ މައްޗަށާއި، އެޗްޑީސީ އަދި އިކޮނޮމިކް މިނިސްޓްރީގެ މައްޗަށް ސިވިލް ކޯޓުގައި ވަނީ ދައުވާކޮށްފަ އެވެ. ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ ފްލެޓްތަކަށް ދައްކާފައިވާ ފައިސާ އަނބުރާ ހޯދައިދިނުމަށާއި، ފެލްޓް ބޭނުން ނުކުރެވި ދިޔަ މުއްދަތުގެ (މާކެޓް ވެލިއު) ކުއްޔަށްވާ ފައިސާ ނަގައިދިނުމަށެވެ.

ސީލައިފްގެ މައްސަލައިގައި ވަކާލާތު ކުރާ ލޯ ފާމުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ 258 ފަރާތަށް ފައިސާ ރިފަންޑް ދެވިފައި ނުވަނީ ސަރުކާރުން ސީލައިފް ގްލޯބަލްގައި ބޮޑު ހިއްސާއެއް އޮންނަ ސީލައިފް މޯލްޑިވްސްއަށް ދޭންޖެހޭ ފައިސާ މިހާތަނަށް ވެސް ދީފައި ނުވާކަމަށެވެ

އެގޮތުން ލޯފާމުން ސީލައިފްގެ ލިޔުންތައް ދިރާސާ ކުރިއިރު، ސީލައިފް ގްލޯބަލް 97 ޕަސެންޓް ހިއްސާ އޮންނަ ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް 12 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ދިވެހި ސަރުކާރާ އެކު “ސެޓްލްމަންޓް އެގްރީމެންޓް” ގައި ސޮއިކުރެވި ފާއިވާކަމަށް ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ސީލައިފް މޯލްޑިވްސް އާއި ސަރުކާރާއި ދެމެދު “ސެޓްލްމަންޓް އެގްރީމެންޓް” ގައި ސޮއިކުރެވިފައި ވަނީ ދެފަރާތުން އެއްބަސްވެވޭ ގޮތަކަށް 10 މަސްދުވަހު މަޝްވަރާކުރުމަށްފަހު ބަލަންޖެހޭ ހުރިހާ ކަމެއް ބަލައި، އެޓާނީ ޖެނެރަލްގެ އޮފީހުގެ ލަފަޔާއި، މިނިސްޓްރީ އޮފް ފިނޭސް އެންޑް ޓްރެޝަރީގެ މަޝްވަރާއާއި، އަދި ފައިނޭސް ކޮންޓްރޯލާގެ ޕޭމަންޓް ޝެޑިއުލް ވެސް ލިބިގެން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި ސެޓްލްމަންޓް އެގްރީމެންޓްގައި ބަޔާންކޮށްފައިވާ ގޮތުން ސީލައިފް މޯލްޑިވްސްގެ ރުހުމެއްނެތި އެގްރީމެންޓް ބާތިލް ނުކުރެވޭނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން  ބަޔާނުގައި ބުނެފައިވާ ގޮތުގައި 12 މިލިއަން ޑޮލަރު ހޯދުމަށް ސިވިލް ކޯޓަށް ވަނީ މައްސަލަ ހުށަހަޅާފައެވެ.

އެގޮތުން މައްސަލައިގައި ޑިސްޕިއުޓް މަރުހަލާގައި ތިން އަޑުއެހުން ބޭއްވިފައިވާއިރު، ދައުލަތުން މި މައްސަލަ ހައްލުކުރެވޭނެ ކަމަށާއި، ފައިސާ ދޫކުރުމާ މެދު ދައުލަތުން ވިސްނަމުންދާ ކަމަށް ބަޔާންކޮށްފައިވެއެވެ. މި ބަޔާނުގައި ބުނެފައިވަނީ ދައުލަތުގެ ފަރާތުން ފައިސާ ދޫކުރުމުން، ސީލައިފް ގްލޯބަލްގެ ފަރާތުން ފައިސާ ދޭންޖެހޭ ފަރާތްތަކަށް ފައިސާ ދޫކުރެވިގެންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: